ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)252/252/2026/83
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 18 ޖޫން 2026 14:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ ބަނދަރު ބެލެހެއްޓުމާބެހޭ އުޞޫލަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

ހއ.ފިއްލަދޫ ބަނދަރު ބެލެހެއްޓުމާބެހޭ އުޞޫލަށް ހިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން     

            މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 151 ވަނަ މާއްދާއިން ބާރު ލިބިގެން އެމާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ހއ.ފިއްލަދޫ ބަނދަރު ބެލެހެއްޓުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ޤަވާއިދުގެ ދަށުން އެކުލަވާލައިފައިވާ އުޞޫލެވެ. މިއުޞޫލަކީ ހުރިހާ ފަރާތްތަކަށްވެސް އަމަލުކުރަން ފަސޭހަ އަދި ދެމެހެއްޓިނިވި ގޮތެއްގައި ބަނދަރު ބޭނުންކުރުމަށް ފަސޭހަ އުޞޫލަކަށް ހެދުމަށްޓަކައި، ބިނާކުރަވަނިވި ހިޔާލު  ބޭނުންވެއެވެ.

           ވީމާ އިޢުލާނާއެކު އާންމު ކުރެވިފައިވާ "ހއ.ފިއްލަދޫ ބަނދަރު ބެލެހެއްޓުމާބެހޭ އުޞޫލަށް" ލިޔުމުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު 18 ޖޫން 2026 ގެ ނިޔަލަށް ހުޅުވާލަމެވެ. އީމެއިލް ކުރައްވާނަމަ [email protected]  އީމެއިލް ކުރެއްވުން އެދެމެވެ. އަދި ވައިބަރ މެދުވެރިކޮށް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ނަމްބަރ 9211533 އަށް ވައިބަރ ކޮށްދެއްވުން އެދެމެވެ.

                         މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

11 ޖޫން 2026