ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)246/246/2026/31
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 21 ޖޫން 2026 13:00
ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް

މިކައުންސިލުން ނާސަރީ އަދި ބޭބީ ނާސަރީ ކުދިންނަށް ކިޔަވައިދިނުމުގެ ގޮތުން ހިންގާ "ލިޓިލް ސްޓަރ ޕްރީސްކޫލް" ގައި ތިންމަހުގެ މުއްދަތަށް ކިޔަވައިދިނުމުގެ އެންމެހައި މަސައްކަތާއި، ކްލާސްރޫމާއި ފާޚާނާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 04 ޖޫން 2026 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު: (IUL)246/246/2026/26 އިޢުލާނާއި (ފުރަތަމަ އިޢުލާން) ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާ އެއްކަރުދާސް ކޮށްފައިވާ އަންދާސީ ހިސާބު ހުށައަޅާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 2026 ޖޫން 21 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މޮޅަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ދުރުވެދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ޕްރީސްކޫލަށް ހިންގައިދިނުމުގެ މަސައްކަތް ކުރުމަށް އެދި" އަދި ހުށައަޅާ ފަރާތުގެ ފުރިހަމަނަން ލިޔެފައި އޮންނަން ވާނެއެވެ.

 

އަންދާސީ ހިސާބު ހުށައެޅުން

އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2026 ޖޫން 21 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ހއ. މޮޅަދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. (އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ ހުށައަޅާފަރާތް ތަކުގެ ޙާޟިރުގައި)

 

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑު

ހުށައަޅާ އެންމެކުޑަ އަގަކަށް      95 ޕޮއިންޓް

މަސައްކަތުގެ ތަޖުރިބާއަށް       05 ޕޮއިންޓް

(މަސައްކަތުގެ ތަޖުރިބާއަށް ޕޮއިންޓު ދިނުމުގައި ބަލާނީ ހުށައަޅާފައިވާ މިފަދަ މަސައްކަތްތަކުގެ ތަޖުރިބާގެ ކޮންމެ ލިޔުމަކަށް 1 ޕޮއިންޓު ކަމަށް ބަލައި 5 ޕޮއިންޓު ހަމަވަންދެން)

ހުށައަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އަންދާސީ ހިސާބު ހުށައަޅާފޯމް

ށ- އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ޕްރޮފައިލް

ނ- އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނަމަ، ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

ރ- އަމިއްލަ ފަރާތަކުންނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ

ހުށައަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާޠިލުކުރުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

 

އިތުރު މަޢުލޫމާތު:

  • މި މަސައްކަތަށް ހުށައަޅާ އަންދާސީ ހިސާބުގައި ހުށައަޅާ ފަރާތުގެ މަޢުލޫމާތު (ނަން، އެޑްރެސް، ފޯނު ނަންބަރު) އަދި މަސައްކަތުގެ ޖުމުލަ އަގު (މީލާދީ މަހަކަށް) އެނގެން އޮންނަން ވާނެއެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ 1 އަންދާސީ ހިސާބެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށައަޅަން ވާނެއެވެ.
  • މި އިޢުލާނާއެކު، މަސައްކަތުގެ މަޢުލޫމާތު އެއްކަރުދާސް ކޮށްފައި ވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.  

11 ޖޫން 2026