ދިވެހިރާއްޖެ
ގަވާއިދު ނަންބަރު 2026/R-52 (ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު) 09 ޖޫން 2026 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޢަމަލުކުރަން ފަށާފައިވާތީ، ދަންނަވަމެވެ.
މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެކަމަށް ގަވާއިދުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވީ ނަމަވެސް، މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު ޕެކެޓްކޮށް ލޭބަލްކޮށްފައިވާ ތަކެތި، ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފައްތަން ކުރަންޖެހޭ ކަންކަން، ކާބޯތަކެތި އުފައްދާ ފަރާތުންނާއި، އިމްޕޯޓްކުރާ ފަރާތުންނާއި، އެކްސްޕޯޓްކުރާ ފަރާތުން، ކޮށް ނިންމުމަށް 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް މި ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) އިން ވަނީ ދީފައެވެ.
އެހެންކަމުން، އިސްވެ ދެންނެވިފަދައިން ކުރަންޖެހޭ ކަންކަން، މި ގަވާއިދަށް ޢަމަލުކުރަން ފެށިތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮށް ނިންމުމަށް، ކާބޯތަކެތި އުފައްދާ ފަރާތްތަކާއި، އިމްޕޯޓްކުރާ ފަރާތްތަކާއި، އެކްސްޕޯޓްކުރާ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަމެވެ.
މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުނަމަ މި އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ ނަންބަރު 3034217 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރެއްވުމަށް އެދެމެވެ.