ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރުގެ ދަށުން، ރަށުގެ ރައްޔިތުންނަށް މުނިފޫހިފިލުވުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ މަސްޢޫލިއްޔަތުގެ ތެރެއިން، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީޕާ ވޯލްޑް ކަޕްގެ މެޗްތައް ބެލޭނެ ފަސޭހަ އިންތިޒާމެއް މި ކައުންސިލުން ޤާއިމުކުރުމަށްޓަކައި މިކައުންސިލްގެ ނަންބަރު:CB-5/N/2026/03 ކައުންސިލްގެ ނިންމުމުންވަނީ ނިންމާފައެވެ. މި މުބާރާތުގެ މެޗްތައް ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ މި ކައުންސިލް އިދާރާގެ ދެކުނު ފަރާތުގައި މިކަމަށްޓަކައި ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ސަރަޙައްދުގައެވެ.
މި އިންތިޒާމަކީ ރަށުގެ ރައްޔިތުންނަށް އެކުވެރިކަމާއެކު މެޗްތައް ބަލައިލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކުރެވޭ ކަމަކަށްވާތީ، މެޗްތައް ބެއްލެވުމަށް ޝަޢުޤުވެރިވާ ބޭފުޅުން މެޗްތައް ބެއްލެވުމަށް ވަޑައިގަތުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މެޗްތައް ބެއްލެވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެ ސަރަޙައްދުގެ އަދަބުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުމަށާއި، އިސްލާމީ ރިވެތި އަޚްލާޤާއި އެކުވެރިކަން ދެމެހެއްޓެވުމަށް ދަންނަވަމެވެ.