މަސައްކަތް
ނަންބަރު: (IUL)333/333/2026/39
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 22 ޖޫން 2026 13:30
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް އުސޫލުން ތުލުސްދޫ ފުޓަސަލް ދަނޑުގައި ލައިވް ހަޓެއް ހަދާދިނުން

އިޢުލާން

މިކައުންސިލުން ދޭ މަޢުލޫމާތާއި އެޓޭޗްކޮށްފައިވާ ކޮންސެޕްޓާއި އެއްގޮތަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ފުޓްސަލް ދަނޑުގައި ލައިވް ހަޓް ޑިޒައިންކޮށްދީ ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 ޖޫން 18 ވަނަ ދުވަހު 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުންއެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2026 ޖޫން 18 ވަނަ ދުވަހު 14:00ގެ ކުރިން މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރަން ބޭނުންވާ މަޢުލޫމާތެއް ލިއުއްވާ ހުށައެޅުއްވުން އެދެމެވެ. ބިޑް ހުށައެޅުން އޮންނާނީ 2026 ޖޫން 22 ވަނަ ދުވަހު 13:30ގައި މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާގެ މީޓިންރޫމްގައެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ލިންކް: https://forms.gle/tdQxCNHT3DZHwiZg7

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ޖޫން 2026