ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ހަދިޔާ ކުރެއްވި ކަދުރުގެ ތެރެއިން ވޭމަންޑޫއަށް ލިބިފައިވަނީ 1 ކިލޯގެ 320 ޕަކެޓެވެ. ވޭމަންޑޫގައި ދިރިއުޅޭ ގޭބިސީގެ ޢަދަދަކީ 346 ކަމުގައި ދަންނަވަމެވެ. ކަދުރު ދޫކުރުމަށް ހަމަޖެހިފައިވަނީ ލިބިފައިވާ ކަދުރު ހުސްވަންދެން ކަދުރު ބަލައި އަންނަ ތަރުތީބުން މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރެވެ. ކަދުރު ދޫކުރުން ކުރިއަށްދާނީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުން ފެށިގެން 21 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށް ވޭމަންޑޫ ކައުންސިލްގެ އިދާރާއިންނެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ގޭބިސީތަކުން ބަލައިނުގަނެ ބާކީވާ ކަދުރު ޕަކެޓްތައް އެ ބޭނުންވާ ފަރާތްތަކަށް ބަހާލެވޭނެ ވާހަކަ މަޢުލޫތަށްޓަކައި ދެންނެވީމެވެ.
ވީމާ، ކަދުރާ ޙަވާލުވުމަށް ކޮންމެ ގޭބިސީއަކުން ބޭފުޅަކު އައިޑީކާޑު ހިއްޕަވައިގެން ކައުންސިލަށް ހާޒިރުވެ ކަދުރު ގެންދެވުމަށް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.