ދެންނެވުން
ނަންބަރު: (IUL)299/299/2026/19
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 31 ޑިސެންބަރު 2026 23:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުގެތަކާއި ގޯތިތައް ސާފުކުރުމާ ގުޅޭ

އިޢުލާން            

ފަޅުގެތަކާއި ގޯތިތައް ސާފުކުރުމާ ގުޅޭ

 

މި ރަށުގެ އެކި ސަރަޙައްދުތަކުގައި ހުރި ބައެއް ފަޅު ގޯތިތަކާއި، ގެތައް ސާފުކޮށް ބަލަހައްޓަމުން ނުދިޔުމުގެ ސަބަބުން، އެތަންތަނުގައި ގަސްފަޅައި، ކުނިބުނި ގިނަވަމުންދާކަން ފާހަގަކުރަމެވެ. އަދި މިތަންތަނުގައި މަދިރި އާއި، މީދަލާއި، އެކި ބާވަތްތަކުގެ ސޫފާސޫފި އާލާވުމުގެ ސަބަބުން، އެސަރަހައްދުގައި ދިރިއުޅޭ އަވަށްޓެރިންނަށް މިކަމުގެ އުނދަގުލާއި ކުރިމަތިވަމުން އަންނާތީ، އެފަރާތްތަކުން މިކައުންސަލަށް ޝަކުވާ ހުށަހަޅަމުން އަންނަކަމުގައި ދަންނަވަމެވެ. މިގޮތަށް ހުރި ތަންތަނުގެ ސަބަބުން ރަށުގެ އާންމު ސިއްޙަތަށް ނުރައްކާވެ، ޑެންގޫފަދަ ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުޞަތު މިހާރު ވަނީ ބޮޑުވެފައެވެ.

ވީމާ، ރަށުގެ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މިގޮތަށް ސާފުނުކޮށް ހުރި ފަޅުގޯތިތަކާއި ގެދޮރުތަކުގެ ވެރިފަރާތްތަކުން އެ ތަންތަން ވީ އެންމެ އަވަހަކަށް ސާފުކުރުމަށް ދަންނަވަމެވެ. އަދި މިކަމުގައި ރަށުގެ ހުރިހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން މި ކައުންސިލަށް ބޭނުންވާކަމުގައިވެސް ދެންނެވީމެވެ.

             މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 ޖޫން 2026