ކުއްޔަށް ހިފުން
ނަންބަރު: (IUL)395-B/395/2026/22
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 21 ޖޫން 2026 11:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.އިސްދޫ ވޭސްޓްމެނޭޖުމަންޓް ސެންޓަރގެ ކުނި ނެގުމާއި ކައުންސިލް ބޭނުންތަކަށް 6 މަސްދުވަހުގެ މުއްދަތަށް ޕިކަޕެއް ފޯރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއިދާރާއިން ދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް ލ.އިސްދޫ ވޭސްޓްމެނޭޖުމަންޓް ސެންޓަރގެ ކުނި ނެގުމަށް އަދި ކައުންސިލް ބޭނުންތަކަށް ޕިކަޕެއް ފޯރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއި އެއްކަރުދާސް ކޮށްފައިވާ ފޯމް ފުރިހަމަކުރެއްވުމަށްފަހު ތިރީގައިއެވާ މެއިލަށް މެއިލްކުރެއްވުން އެދެމެވެ.

1

ރަޖިސްޓްރީވުން

 21 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފޯމް ހުށައެޅުން އެދެމެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

2

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް

25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ އިސްދޫ ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. (ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.)

3

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް

ހުށަހަޅަންޖެހޭ ލިޔުންތައް މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެއެވެ.

4

އިތުރު މައުލޫމާތު

- ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ގުޅުއްވާނީ  މިއިދާރާގެ 6800920, 6800709 ނަންބަރު ފޯނަށެވެ.އިމޭއިލް ކުރައްވާނީ [email protected]  އީމެއިލް އަށް.

 

       މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6800709،6800920 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

11 ޖޫން 2026