ކުއްޔަށް ދިނުން
ނަންބަރު: (IUL)364-ESMS/364/2026/33
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 23 ޖޫން 2026 11:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކުރުމަށް ހުޅުވާލުން

ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކުރުމަށް ހުޅުވާލުން:

ރަށުގެ އިރުމަތީކޮޅު ރާޅުގަނޑު ސަރަޙައްދުގައި، މ. މުލަކު ކައުންސިލުގެ ނަމުގައިވާ 6,200 އަކަފޫޓުގެ ބިން (ބިން 2)، ގެސްޓްހައުސް ވިޔަފާރި އަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ނިންމާފައިވާތީ، އެކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން ޖޫން 2026 އިން 23 ޖޫން 2026 11:00ގެ ނިޔަލަށް, ތިރީގައިވާ ލިންކު މެދުވެރިކޮށް، "ބިޑު ރަޖިސްޓްރީ ފޯމް" ފުރިހަމަ ކުރެއްވުން އެދެމެވެ. މިގޮތުން ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ކޮންމެ ފަރާތަކުންވެސް -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ފީއެއް ދައްކަންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީކުރުމަށް އެދޭ ފަރާތަކުން ތިރީގައިވާ އެކައުންޓް ނަމްބަރަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު [email protected] މެއިލްއަށް ރަސީދު ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

ފައިސާ ޓްރާންސްފަރކުރާއިރު ރިމާކްސްގައި ލިޔުއްވާނީ : :6,200 SQ,FT (Slot 2) Bid registration of leasing tourism land

އެކައުންޓް ނަމްބަރު: 7709700388001

އެކައުންޓް ނަން:  1411 Revenue 01

  • ·        ބިޑު ރަޖިސްޓަރީ ފޯމް ލިންކް:      

https://forms.cloud.microsoft/r/e4Mkzswgha

ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން:

24 ޖޫން 2026 ގެ  13:00  މުލަކު ކައުންސިލު އިދާރާގެ މީޓިން ރޫމް

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔަންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މި ކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.   އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމްތައް ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި ބިޑަށް ހުޅުވާލެވިފައި ވަނީ، ދިވެހި ރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު 2014/18 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުކުރުމަށް ބޭނުންވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ފޯނު:  6723717

އިމެއިލް: [email protected]

ނޯޓް: މިއީ މިކަމާއި ގުޅިގެން ކުރެވުނު 05 ވަނަ އިޢުލާނެވެ. މީގެ ކުރިން މިކަމަށް ކުރެވުނު 4 އިއުލާންވަނީ ބާތިލް ކުރެވިފައެވެ.

10 ޖޫން 2026