- ޔުނިވަރސިޓީގައި ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމްތަކާއި، ޕޯޓަލްތައް ބެލެހެއްޓުން އަދި އަޕްޑޭޓްކުރުން.
- ޔުނިވަރސިޓީގައި ބޭނުން ކުރަމުން އަންނަ އިންފޮމޭޝަން ސިސްޓަމް/އެޕްލިކޭޝަންތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ޙައްލުކުރުން.
- ޔުނިވަސިޓީގެ ސިޔާސަތުތަކާއި، ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލު ތަކާއި ގުޅިގެން ގުޅުންހުރި އެޕްލިކޭޝަންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން.
- ޔުނިވަރސިޓީ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ބޭނުންކުރެވޭނެ އިތުރު އިންފޮމޭޝަން ސިސްޓަމްސްތަކާއި، އެޕްލިކޭޝަންތައް ދެނެގަނެ، އެފަދަ ސިސްޓަމްސްތައް ޑެވެލޮޕްކޮށް، އިމްޕްލިމެންޓްކޮށް ބެލެހެއްޓުން.
- ޔުނިވަރސިޓީގައި ބޭނުންކުރަމުންދާ އިންފޮމޭޝަން ސިސްޓަމްތަކާއި، އެޕްލިކޭޝަންތަކާއި އަދި ޕޯޓަލްތައް ބަދަލުކުރަން ޖެހިއްޖެ ޙާލަތެއްގައި އެކަން ކުރުން. މި ގޮތުން:
- ކުރީގެ ސިސްޓަމް/އެޕްލިކޭޝަން ގެ ބަދަލުގައި ބޭނުންކުރާނެ ސިސްޓަމްސް ހޯދުން.
- އަލަށް ބޭނުންކުރާނެ ސިސްޓަމް/އެޕްލިކޭޝަން ސެޓްއަޕްކޮށް، ޑޭޓާ މައިގްރޭޝަން ހެދުން.
- ސިސްޓަމް/އެޕްލިކޭޝަން ހަދާ އިމްޕްލިމެންޓްކުރުން.
- އަލަށް ތައްޔާރުކުރާ ސިސްޓަމްތަކާއި އެޕްލިކޭޝަންތަކުގެ ޓްރެއިނިންގް ދިނުން.
- އެޕްލިކޭޝަންތައް އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތައް ބަލައި، އަޕްޑޭޓްކުރުން.
- ސިސްޓަމްތަކަށް ގެނެވޭ ބަދަލުތަކުގެ ތަފްޞީލު ޑޮކިއުމަންޓުކުރަމުންގެންދިއުން.
- އައި.ޓީ. ސަރވިސަސް އަށް އަންނަ ރިކުއެސްޓްތައް ބަލައި، އެކަންތައްތަކަށް އެޓެންޑްކުރުން.
- ޔުނިވަރސިޓީގެ ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ވެބުސައިޓް ބެލެހެއްޓުން.
- ޔުނިވަރސިޓީން އައުޓްސޯސްކޮއްގެން ކުރާ ސޮފްޓްވެއަރ ޑެވެލޮޕްމެންޓާއި ގުޅުންހުރި މަސައްކަތުގައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުން. އަދި މިކަންކަން ވިލަރެސްކޮށް ކަމާގުޅޭ ޑިޕާރޓްމެންތަކާއި ހިއްސާކުރުން.
- ޔުނިވަރސިޓީން ފާސްކުރާ ނިންމުމްތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ޔުނިވަރސިޓީގެ މަސައްކަތްތައް ޒަމާނީ ކުރުމަށްޓަކައި ފަރުމާ ކުރަންޖެހޭ ޕޯޓަލްތަކާއި އެޕްލިކޭޝަންތައް ތައްޔާރު ކުރުމާއި، މަސައްކަތް ބޭނުންވާ ފެންވަރަށް ކުރުން.
- ޔުނިވަރސިޓީގެ ޕޯޓަލްތަކާއި އެޕްލިކޭޝަންތަކުގެ ޓެކްނިކަލް ޑޮކިއުމެންޓޭޝަން ތައްޔާރުކުރުމާއި ބެލެހެއްޓުމާއި ތަމުރީނު ދިނުން.
- ޔުނިވަރސިޓީގައި ބޭނުންކުރާ ސިސްޓަމް/އެޕްލިކޭޝަން ތަކާއި، ޕޯޓަލްތަކުގެ ވާޝަން ކޮންޓުރޯލްކޮށް ބެލެހެއްޓުމާއި، އިންޓެގުރޭޓް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
|