ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)381-D/381/2026/33
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި:
25 ޖޫން 2026 00:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަހުވަދޫގައި ހިންގަމުންދާ ވިޔަފާރިތައް ސާވޭކުރުން
ކުޑަހުވަދޫގައި ހިންގާ އެންމެހާ ވިޔަފާރިތަކުގެ ސާރވޭ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރަށުގައި ހިންގަމުންދާ ފިހާރަ، ވޯކްޝޮޕް ،ގެސްޓްހައުސް، ކާޕެންޓްރީ އަދި ސެލޫން ފަދަ ތަންތަން ބަލުމަށް ވަނީ ހަމަޖެހިފައެވެ. މި ސާރވޭ ކުރިޔައްދާނީ، 2026 ޖޫން 14 އިން 25 ގެ ނިޔަލަށެވެ. މި ސާރވޭގައި "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤަވާއިދު ގައި ހިމެނޭ ކަންކަމާއި، ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލާޒިމްކޮއްފައިވާ ކަންކަން ބަލައި އިސްލާޙްކުރަންޖެހޭ ކަމެއް ހުރިނަމަ، އެކަމެއް އިސްލާޙްކުރުމަށް އެންގޭނެއެވެ.
ވީމާ، މިކަމަށް ވިޔަފާރިތައް ހިންގާ އެންމެހާ ފަރާތްތަކުން ސަމާލުކަންދެއްވައި އެހީތެރިކަމާ އެއްބާރުލުން ދެއްވުންއެދި ދަންނަވަމެވެ.
10 ޖޫން 2026