ދިވެހިރާއްޖެ
އޮފީސް އިމާރާތް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތިރީގައި ބަޔާންކޮށްފައިވާ އޮފީސްތައް، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގގެ 6 ވަނަ ފަންގިފިލާއަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- ވެލާނާގެ 2 އަދި 7 ވަނަ ފަންގިފިލާ (އަމީރު އަހުމަދު މަގު)
- ސްޓަރކްލައުޑްސް ބިލްޑިންގގެ 5، 6 އަދި 7 ވަނަ ފަންގިފިލާ
- ހ. ފަތަނގުމާގެ 4 ވަނަ ފަންގިފިލާ
- ހ. ޕަލްމޭރިއާ 3 ވަނަ ފަންގިފިލާ
މި މަސައްކަތުގެ ތެރޭގައި ތަކެތި އުފުލުމާއި، މޭޒާއި ގޮނޑި ފަދަ ތަކެތި ބަދަލުކޮށް ރޭވުމާއި، ކަރަންޓް ކޭބަލް އެޅުމުގެ އިތުރުން ނެޓްވޯކް އެޅުމުގެ މަސައްކަތް، މި އޮފީހުންދޭ މަޢުލޫމާތާއި އިރުޝާދާ އެއްގޮތަށް ކުރިއަށް ގެންދަންވާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަންތަނަށް ޒިޔާރަތްކޮށް، ކުރަންހުރި މަސައްކަތްތައް ބައްލަވައި ކަށަވަރު ކުރަންވާނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވާއިރު، ތިރީގައި ބަޔާންކޮށްފައިވާ ކޮންމެ އިމާރާތެއްގެ މަސައްކަތަށް ހިނގާނެ ހަރަދު ވަކިވަކިން އެނގޭނޭހެން ހިމަނަންވާނެއެވެ.
- ވެލާނާގެ 2 ވަނަ އަދި 7 ވަނަ ފަންގިފިލާ (އަމީރު އަހުމަދު މަގު)
- ސްޓަރކްލައުޑްސް ބިލްޑިންގގެ 5، 6 އަދި 7 ވަނަ ފަންގިފިލާ
- ހ. ފަތަނގުމާގެ 4 ވަނަ ފަންގިފިލާ
- ހ. ޕަލްމޭރިއާ 3 ވަނަ ފަންގިފިލާ
މީގެ އިތުރުން، ތިރީގައިވާ މަސައްކަތްތަކުގެ އަގުތައްވެސް ވަކިވަކިން ތަފުސީލުކޮށް ހުށަހެޅުމަށް ދަންނަވަމެވެ.
- ތަކެތި އުފުލުމާއި ބަދަލުކޮށް ރޭވުމުގެ މަސައްކަތް.
- ކަރަންޓުގެ މަސައްކަތްތައް.
- ނެޓްވޯކްގެ މަސައްކަތްތައް.
|
ތަފްސީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
|
މަޢުލޫމާތު ސާފުކުރުން އަދި ސައިޓްތައް ބައްލަވާލެއްވުން |
14 ޖޫން 2026 (އާދިއްތަ) |
10:00 |
ސްޓަރކްލައުޑްސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމުގެ ސެޝަނަށްފަހު، ސައިޓްތައް ބައްލަވާލެއްވުމުގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.
|
|
އަންދާސީ ހިސާބު ހުށައެޅުން |
21 ޖޫން 2026 (އާދީއްތަ) |
11:00 |
ސްޓަރކްލައުޑްސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ |
ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3309333 އަދި 3309331 ނަންބަރު ފޯނަށެވެ.