ކުއްޔަށް ދިނުން
ނަންބަރު: (IUL)328-MSID/328/2026/81
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 28 ޖޫން 2026 13:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ވަށާގެން ހޭޅިމަތީގައި ހުރި ރުއްތައް ކުއްޔަށް ދިނުމާއި ގުޅޭ.

ަށުގެ ވަށާގެން ހޭޅިމަތީ ފޯދިފައި ހުރި ރުއްތަކާއި ނުފޯދޭ ރުއްތައް ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ތިންސަރަހައްދަށް  ބަހާލާގެން ވަކިވަކި ސަރަހައްދުގެ ގޮތުގައެވެ. ފުރަތަމަ ސަރަހައްދަކީ (ބަނދަރު ސަރަހައްދު) އެމް.ޓީ.ސީ.ސީ ސައިޓްއިން ފެށިގެން  ހަބްޝީ ޕްރީ ސްކޫލްގެ ކަލަމިންޖާ މަގާ ހަމައަށް، ދެވަނަ ސަރަހައްދަކީ (ފުޓްސަލް ދަނޑު ސަރަހައްދު) ބައު އިންޖީނުގެއިން ފެށިގެން ކުނި މެނޭޖުކުރާ ސެންޓަރުގެ ނިވިދިއްލޭ މަގާއި ހަމައަށް، ތިންވަނަ ސަރަހައްދަކީ (ނަރުދަމާގެ ޕަންޕް ސްޓޭޝަން ސަރަހައްދު) ފުޓް ބޯޅަ ދަނޑުން ފެށިގެން ޅ.އަތޮޅު މަދަރުސާގެ ކަލަމިއްޖާ މަގާ ހަމައަށެވެ. ރުއްތައް ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                  ވީމާ، ރުއްތައް ކުއްޔަށް ނެގުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ރުއްތައް ކުއްޔަށް ދިނުމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ފާދިއްޕޮޅު ކުރެންދޫ ކައުންސިލުގެ އިދާރާ) މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަގެއް ހުށައެއް ނޭޅޭނެއެވެ.

18 ޖޫން 2026 (ބުރާސްފަތި)

10:30

އަގު ހުށަހެޅުމާއި ހުޅުވުން (ސިޓީ އުރާގެ ބޭރުގައި ކުއްޔަށް ހިފާ ސަރަހައްދު ލިޔަން ވާނެއެވެ.)

28 ޖޫން 2026 (އާދީއްތަ)

13:00

                       ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޖޫން 2026