ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)409/409/2026/31
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 14 ޖޫން 2026 13:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުން

މިއިދާރާއިން ފޯރުކޮށްދޭ ލިސްޓުގައިވާތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

         ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ގއ.ނިލަންދޫ ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ   [email protected]އަށް އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.

  • ކޯޓޭޝަން ހުށަހެޅުން.
  • އަގު ހުށަހަޅަންވާނީ 30 ދުވަހުގެ ކުރެޑިޓަށް ކޮށްދެވޭ އަގެކެވެ. ( ކޯޓޭޝަންގައި ކްރެޑިޓް މުއްދަތު ބަޔާންކުރުން)
  • ކޮޓޭޝަންގައި މަސައްކަތަށް ހޭދަވާނޭ މުއްދަތު (ބަންދު ދުވަސްތައް ހިމަނައިގެން) ބަޔާންކުރަން ވާނެއެވެ.
  • ކައުންސިލް އިދާރާއާ ހަމައަށް ތަކެތި ފޯރުކޮށްދިނުން.
  • ކުންފުނި/ޕާޓްނާޝިޕް/ކޯޕަރޭޓިވް ސޮސައިޓީ/އަމިއްލަފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުން.
  • ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީއެސްޓީ ރަޖިސްޓަރީ ކޮށްފައިވާނަމަ) ހުށަހެޅުން.
  • ޕޮއިންޓް ދެވޭނީ ހުށަހަޅާ އެންމެ ކުޑަ އަގަށް 100 ޕޮއިންޓް. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

             މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

23   ޛުލްޙިއްޖާ   1447

09 ޖޫން 2026