ބީލަން
ނަންބަރު: (IUL)409/409/2026/28
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 15 ޖޫން 2026 11:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ބަދުރު މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

              މަސްޖިދުލް ބަދުރު މިސްކިތުގެ ވުޟޫކުރާތަނުގެ ކުރިމަތީގައިވާ ހުސްތަނުގައި މުށިޖެހުމާއި، ކުޑަދޮރުތަކުގެ ހުޅާއި ތަންޑުބަދަލުކުރުމުގެ މަސައްކަތް ކޮށްދޭން ފަރާތެއް ހޯދަން ބޭނުންވެއެވެ.

             ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖޫން 2025 ވާ ހޯމަ ދުވަހުގެ 11:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމާއިބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު ހީރަސް ކުރެވިފައިވާނެއެވެ. މިމަސައްކަތާއި ގުޅޭ ބީލަން ހުށަހަޅަން ޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

            

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

ބީލަން ހުށަހެޅުން

ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ

15.06.2025

ހޯމަ

11:00

           މިއިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4000012 ނަމްބަރަށް ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބީލަން ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

           21  ޛުލްޙިއްޖާ   1447

08 ޖޫން 2026