ދިވެހިރާއްޖެ
މަސްޖިދުލް ޚަތީބު އަޙުމަދު ތަކުރުފާނު މިސްކިތުގެ ބޮޑު ދޮރާއި ދޮރުފަތް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭން ފަރާތެއް ހޯދަން ބޭނުން ވެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖޫން 2025 ވާ ހޯމަ ދުވަހުގެ 12:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމާއިބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު ހީރަސް ކުރެވިފައިވާނެއެވެ. މިމަސައްކަތާއި ގުޅޭ ބީލަން ހުށަހަޅަން ޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
|
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
|
ބީލަން ހުށަހެޅުން |
ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ |
15.06.2025 |
ހޯމަ |
12:00 |
މިއިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4000012 ނަމްބަރަށް ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބީލަން ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
22 ޛުލްޙިއްޖާ 1447