ދިވެހިރާއްޖެ
އިޢުލާން
ފަރުނީޗަރ ގަތުމަށް އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލްގެ އައު ޢިމާރާތަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ކޮށްފައިވާ އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
|
އަދަދު |
ތަފުސީލު |
|
20 |
އޮފީސް ގޮނޑި (އެގްޒެކެޓިވް ލޯބެކް) |
|
04 |
އޮފީސް ގޮނޑި ( ހައިބެކް) |
|
02 |
ކޮންފަރެންސް މޭޒު |
|
03 |
އޮފީސް މޭޒު |
|
02 |
ލޮކަރު (12 ދޮރުފަތް) |
|
04 |
ފައިލިން ރެކް |
|
01 |
ފައިލިން ކެބިނެޓް |
|
01 |
އަލަމާރި (2 ދޮރުފަތްލީ) ތަކެތި ރައްކާކުރުމަށް) |
|
02 |
ބުކްޝެލްފް |
ވީމާ، މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ދުރުވެ ނުވަތަ މި ސްކޫލުގެ 6540579 ނަންބަރު ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން މި ސްކޫލަށް ދުރުވެ ނުވަތަ މި ސްކޫލަށް މެއިލް އެޑްރެހަށް ([email protected]) އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ބިޑް ހުޅުވާ ބައްދަލުވުން |
|
2016 ޖަނަވަރީ 17 ވާ އާދީއްތަ ދުވަހުގެ 11:00 |
2016 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 13:00 |
ބިޑްތަކަށް ޕޮއިންޓް ދޭނެގޮތުގެ ތަފުސީލު:
އަގަށް: 65 ޕޮއިންޓް
މުއްދަތު: 15 ޕޮއިންޓް
މާލީ ޤާބިލުކަން: 10 ޕޮއިންޓް
ތަޖުރިބާ: 10 ޕޮއިންޓް
އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މި ސްކޫލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމުން އެފަރާތުން ލިބޭ މަޝްވަރާގެ މަތިންނެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.