ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-CA/426/2026/158
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 18 ޖޫން 2026 13:30
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - "ނަމާދުގެ ނޫރު" ޕްރޮގްރާމް ހިންގައިދޭނެ ފަރާތްތަކެއް ހޯދުމާ ގުޅޭ

އިޢުލާން

"ނަމާދުގެ ނޫރު" ޕްރޮގްރާމް ހިންގައިދޭނެ ފަރާތްތަކެއް ހޯދުމާ ގުޅޭ

        އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން "ނަމާދުގެ ނޫރު"ގެ ނަމުގައި އައްޑޫ ސިޓީގެ އަވަށްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ނަމާދު ކުރަން ދަސްކޮށްދޭ ޕްރޮގްރާމް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސާ އައްޑޫ ސިޓީގެ މިސްކިތްތަކުގައެވެ.

        "ނަމާދުގެ ނޫރު" ކުރިއަށް ގެންގޮސްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސެޝަނެއް 11 ޖޫން 2026ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ކޮންފަރެންސްހޯލްގައި އޮންނާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބޭނީ މަޢްލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

        ވީމާ، "ނަމާދުގެ ނޫރު" ކުރިއަށް ގެންގޮސްދެއްވުމަށް ޝައުޤުވެރިވެލައްވާ ދީނީ ޕްރޮގްރާމްތައް ހިންގާ ޖަމްޢިއްޔާތަކުން 18 ޖޫން 2026ވާ ބުރާސްފަތި ދުވަހުގެ 13:30އަށް ކައުންސިލް އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިގަންނަގޮތަށް ހަމަޖެހިފައި ނުވެއެވެ.

22 ޛުލްޙިއްޖާ 1447

08 ޖޫން 2026

08 ޖޫން 2026