ވަޒީފާގެ ފުރުޞަތު
ނަންބަރު: 216-MPAO-HR/IUL/2026/22
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 15 ޖޫން 2026 15:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކަލެކްޝަން އެންޑް ކޮމްޕްލަޔަންސް އޮފިސަރ

މަޤާމް: އެސިސްޓެންޓް ކަލެކްޝަން އެންޑް ކޮމްޕްލަޔަންސް އޮފިސަރ

ޑިޕާރްޓްމެންޓް: ކަލެކްޝަން އެންޑް ކޮމްޕްލަޔަންސް

ބޭނުންވާ ޢަދަދު: 01

ކޮންޓްރެކްޓްގެ މުއްދަތު: ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރު ހަމަވުމުން، ޕެންޝަން އޮފީހުގެ އޮޕަރޭޝަނަލް ނީޑްސްއަށް ރިޢާޔަތްކޮށް، އަދި މަސައްކަތުގެ ފެންވަރު ބަަލައި ރަނގަޅުނަމަ، ވަޒީފާގެ ޖުމްލަ މުއްދަތު ދެ އަހަރު ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި:ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)

ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާ:

ޖީ.ސީ.އީ އޭލެވެލް އިމްތިޙާނު ފުރިހަމަކޮށްފައިވުން ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. 


މަޤާމުގެ މަސްއޫލިއްޔަތުތައް:

މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ


އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް (jobs.pension.gov.mv) މެދުވެރިކޮށެވެ.


އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) 

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ، އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ސަނަދެއްނަމަ އެކްރެޑިޓްކޮށްފައިވާ)

  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔެކިޔުން (މަޤާމާއި ވަޒީފާއަދާކުރި މުއްދަތު އަދި މަސްއޫލިއްޔަތުތައް އެނގޭ ގޮތަށް)

  • ޕޮލިސް ރިޕޯޓު (ދޫކުރިތާ 4 މަސް ނުވާ).


އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި އިމްތިޙާނު  ބޭއްވޭނީ 17 ޖޫން 2026 އާއި 30 ޖޫން 2026  އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ. 

 

ނޯޓު:

  • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

  • އިންޓަވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.


ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

07 ޖޫން 2026