ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)282/282/2026/20
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 14 ޖޫން 2026 14:00
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ޕްރީސްކޫލް ޓީޗަރ)

އިޢުލާނު 

މަޤާމު: 

ޕްރީސްކޫލް ޓީޗަރ 

ބޭނުންވާ އަދަދު: 

1 (އެކެއް) 

މަޤާމުގެ ގިންތި: 

ކޮންޓްރެކްޓް (7 މަސް) 

ވަޒީފާ އަދާކުރަން ޖެހޭ ތަން: 

މާއުނގޫދޫ ކައުންސިލްގެ އިދާރާ 

މުސާރަ: 

 

ގަޑިއިރަކަށް ދެވޭނެ އުޖޫރައިގެ މިންވަރު 

ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު 

މަހެއްގެ މައްޗަށް (22 ދުވަސް) ދެވޭނެއުޖޫރައިގެމިންވަރު 

60.50 ރުފިޔާ 

242.00 ރުފިޔާ 

5,324.00 ރުފިޔާ 

 

އެހެނިހެން އިނާޔަތް: 

  • ރަސްމީ މަސައްކަތު ގަޑީގެ ބޭރުންކުރާ މަސައްކަތަށް ގަޑީ ރޭޓުން އިތުރުގަޑީގެ ފައިސާ 

  • ދިވެހިރާއްޖޭގެޕެންޝަނާބެހޭޤާނޫނުގެދަށުންލިބިދެވޭޕެންޝަންކޮންޓްރިބިއުޝަން 

މަސައްކަތު ވަގުތު: 

ރަސްމީ ދުވަސްތަކުގައި ދުވާލަކު 4 ގަޑިއިރު 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 

  1. ކައުންސިލުން އެކުލަވާލާފައިވާ މަންހަޖާއި ކިޔަވައިދިނުމުގެމުޤައްރަރާއެއްގޮތަށްދަރިވަރުންނަށްއެންމެހެޔޮގޮތުގައިއިސްލާމީތަރުބިއްޔަތުދީއުނގަންނައިދިނުމާއި ކިޔަވައިދިނުމަށްކުރަންޖެހޭއެންމެހައިމަސައްކަތްތައްކުރުން. 

  1. ކިޔަވައިދިނުމަށް ބޭނުންވާ ވޯކްޝީޓުތަކާއި ޓީޗިންގ އެއިޑްސް ތައްޔާރުކުރުން. 

  1. ކުދިންނަށްއެކަށީގެންވާގޮތަކަށްކިޔަވައިދޭ މާހައުލު (ކްލާސްރޫމް)ތައްޔާރުކުރުން. 

  1. ދަރިވަރުން ޙާސިލްކުރާމިންވަރާއިކުރިއެރުމުގެރެކޯޑްތައް އަދިވެސް ދަރިވަރުންނާ ގުޅޭ އެންމެހާ ރެކޯޑްތައްބެލެހެއްޓުން. 

  1. ކުލާހުގައާއިކުލާހުންބޭރުގައި އަދިސްކޫލުން ހިންގާހަރަކާތްތަކުގައިއުޅޭއިރުދަރިވަރުންގެއަޚްލާގީކަންތައްތައްބެލެހެއްޓުން. 

  1. ޕޭރަންޓްޓީޗަރމީޓިންގތައް ބޭއްވުމާއި ދަރިވަރުންގެކިޔެވުމާއިގުޅޭގޮތުންބެލެނިވެރިންނަށްމަޢުލޫމާތުދިނުން. 

  1. ޕްރީސްކޫލުގެ ކަންކަމާ ގުޅިގެން ރާވައިހިންގަންޖެހޭ އެންމެހާ ކަންކަން ކައުންސިލްގެ އިރުޝާދުގެ ދަށުން ރާވައިހިންގުން. 

  1. ކައުންސިލުން ޕްރީސްކޫލް ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި ފުރިހަމަކުރުން. 

  1. ޕްރީސްކޫލުގެ ޚިދުމަތުގެ ތެރެއިން ފޯރުކޮށްދެންޖެހޭ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލަށް އެއްބާރުލުންދީ އެހީތެރިތެރިވުން. 

  1. ކައުންސިލުން ހިންގާ އެކިއެކި ހަރަކާތްތަކާއި މުނާސަބަތުތައް ފާހަގަކުރުމަށް ކައުންސިލުން އަންގާ އެންގުންތަކާ އެއްގޮތަށް މަސައްކަތްކުރުން.ކައުންސިލުންޕްރީސްކޫލްގެކިޔެވުމާގުޅިގެންނިންމާނިންމުންތައްތަންފީޒުކުރުމަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކައުންސިލްގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން. 

މަޤާމުގެ ޝަރުތުތައް: 

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 3 މާއްދާއިން ދަށްވެގެން "C" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (SSC) އިމްތިހާނުން "ދިވެހި" އަދި "އިސްލާމް" މާއްދާއިން ދަށްވެގެން "C" ގްރޭޑް ލިބިފައިވުން. 

ނުވަތަ، 

ކިޔަވައިދިނުމާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓެއް ޙާސިލުކޮށްފައިވުން. 

މަޤާމުގެ ތަޢުލީމީ ރޮނގުތައް 

ޓީޗިންގ، އެޑިޔުކޭޝަން 

މަޤާމުގެ މަސައްކަތު ދާއިރާތައް 

ޓީޗިންގ ސަރވިސަސް 

ހުށަހަޅަންޖެހޭ ލިޔުންތައް: 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުންލިބެންހުންނާނެއެވެ. އަދި ކައުންސިލްގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.)   

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް) 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.  

  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ  

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

  • ޙާސިލުކޮށްފައިވާތަޢުލީމާއިތަމްރީނު 

  • މަސައްކަތުގެދާއިރާއިންލިބިފައިވާތަޖުރިބާ 

  •  ގާބިލުކަންކަށަވަރުކުރުމަށް ކުރެވޭއިންޓަރވިއު 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026ޖޫން14 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، މާއުނގޫދޫކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (hr@maaungoodhoo.gov.mv) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. 

އަދިއިޢުލާނުގެސުންގަޑިހަމަވުމުގެކުރިންސަރުކާރުންއަލަށްބަންދުދުވަހެއްކަނޑައަޅައިފިނަމަ،އެކަނޑައަޅާދުވަހުގެއަދަދަށްވަޒީފާއަށްއެދޭފޯމުބަލައިގަނެވޭނެއެވެ. 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،2026 ޖޫން15 އާއި 20 އާ ދެމެދު، މާއުނގޫދޫ ކައުންސިލްގެ އިދާރާގައެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540056އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ. 

 

07 ޖޫން 2026