ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)302-E/302/2026/25
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 09:55
ސުންގަޑި: 11 ޖޫން 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލުން


         މިރަށުގެ މިސްކިތްތަކުގައި ސަޕޯޓް ސްޓާފުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުނަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަޒީފާއިންވަކިވުން، ޕޭލީވް، ނޯޕޭ ލީވް، އަހަރީ ޗުއްޓީ، އާއިލީޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމޭގޮތް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެމަގާމްތަކުގައި މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލާލެވޭ ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޝައުގުވެރިވާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ.

 

ކައުންސިލް އެސިސްޓެންޓް (މިސްކިތު ޕޫލް)

މަޤާމް:

-

މަޤާމުގެ ނަންބަރު:

04 (ހަތަރެއް)

ބޭނުންވާ އަދަދު:

ވޭޖް އެންޕްލޯއިމަންޓް އުސޫލުން 1 (އެކެއް) އަހަރަށް. (ކައުންސިލުން ބޭނުންވާނަމަ އިތުރު 1 އަހަރަށް މުއްދަތު އިތުރުކުރެވިދާނެއެވެ.)

މަޤާމުގެ ގިންތިއާއި މުއްދަތު:

އެސް.އެސް. 1

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ (ހުޅުދުއްފާރުގެ މިސްކިތްތައް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 45.00 (ސާޅީސްފަހެއް) ރުފިޔާ

މުސާރަ:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.

  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

  3. ހުޅުދުއްފާރު ކައުންސިލުގެ އިދާރާއިން އެއިރަކު ހަމަޖައްސާ މިސްކިތެއްގައި މަސައްކަތްކުރުން

  4. ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށް ޙާޟިރުވެ ފަންކާޖަހާ ދިއްލުމެއް ދިއްލަންޖެހޭނަމަ ދިއްލުން.

  5. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ފަހުން މިސްކިތުގެ ފަންކާތައް ނިއްވާލާ ދިއްލުންތައް ދިއްލާފައިވާނަމަ، ދިއްލުންތައް މަދުކުރުމަށްފަހު މިސްކިތުން ދިއުން.

  6. މިސްކިތާއި މިސްކިތުގެ އެތެރޭގައިވާ ހުރިހާ އެއްޗެއް ސާފުކޮށް ބެލެހެއްޓުމާއި ގޯތިތެރެއާއި މިސްކިތާއި ގުޅިފައިވާ މަގުތަކުގެ ވިނަ ނޮޅާ ސާފުކޮށް ބެލެހެއްޓުން.

  7. ފާހާނާއާއި އިސްކުރުބަރި ދޮވެ ސާފުކޮށް ބެލެހެއްޓުން.

  8. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން އިމާމު މީހާއަށް އަންގަމުން ގެންދިއުން.

  9. ވަޅުދިޔަ ހިއްކާ ވަޅުގެ އެތެރެއާއި ބޭރު އަދި ވަޅުދޮށު ތަޅުންގަނޑު އުނގުޅާ ސާފުކޮށް ބެލެހެއްޓުން.

  10. ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި މަސްއޫލިއްޔަތަށް ދަތި ނުވާނޭހެން ބައިވެރިވުން.

  11. މީގެ އިތުރުންވެސް ކައުންސިލް އިދާރާއިން އަންގާ ރަސްމީ ކަންތައްތައް ވަޒީފާގެ މަސްއޫލިއްޔަތަށް ދަތިނުވާނޭހެން ކުރުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ލިޔަން ކިޔަން އެނގުން

 

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 

ފޮޅާ ސާފުކުރުން

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް

 

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ).

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައި ވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ

(ހ)  ސިވިލްސަރވިސް ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްޢޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ  މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ހުށަހަޅަންޖެހޭ ލިޔުންތައް:

އެސް.އެސް 1 ން އެސް.އެސް 3 އާ ދެމެދުގެ ކްރައިޓީރިއާ

އަސާސީ ޝަރުޠު ހަމަވުން

50

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

ނޯޓް: މަޤާމަށް ޢައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2026 ޖޫން 17 އާއި 2026 ޖޫން 25 އާ ދެމެދުއެވެ. އިންޓަރވިއު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިއްބެވުމަށްވެސް ދަންނަވަމެވެ. އިންޓަރވިއު އޮންނަ ދުވަހާއި ގަޑި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އަންގާނެއެވެ.

 

 

އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" ޢާއްމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި ޢާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" ޢާއްމުކުރުން

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580069 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު"( https://www.csc.gov.mv/Policy/Index/51 ) އިން ލިބެން ހުންނާނެއެވެ.

 

07 ޖޫން 2026