ދިވެހިރާއްޖެ
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ނަންބަރ: (IUL)VMC-COM/VMC/2026/17
އިޢުލާން
'ވިޒިޓް މޯލްޑިވްސް' ބްރޭންޑްގެ ދަށުން ރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންވާ ތަފާތު އުފެއްދުންތައް މާކެޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުލުވާލުން
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބައިނަލް އަޤްވާމީ މައިދާނުގައި ފުޅާދާއިރާއެއްގައި އިޝްތިހާރުކުރުމަށް މި ކޯޕަރޭޝަންއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންކުރާ އުފެއްދުންތައް މިކޯޕަރޭޝަން މެދުވެރިކޮށް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކަށާއި ރާއްޖެއައުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދިވެހި ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް ފަސޭހައިން ލިބެން ހުންނާނެ ޕްލެޓްފޯމެއް ޤާއިމު ކޮށްދީ މާކެޓް ކުރުމެވެ. މިގޮތުން ހުށަހަޅުއްވާ ތަކެތި މާކެޓް ކުރުމަށް ހަމަޖެހިފައިވާނީ ދެފަރާތް ގުޅިގެންނެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސެޝަން އޮންނާނީ 15 ޖޫން ވާ ބުދަ ދުވަހު ހެނދުނު 11.00 ގައި މިކޯޕަރޭޝަންގެ އޮފީސް، ހ.ޒޮނޭރިޔާ ބިލްޑިންގްގެ 4 ވަނަ ފަންގިފިލާގައެވެ. މަޢުލޫމާތު ސެޝަން އަށްފަހު ތިރީގައިވާ މަޢުލޫމާތު ހިމެނޭ ގޮތަށް ޕްރޮޕޯޒަލްތައް ހުށަހެޅުއްވުން އެދެމެވެ.
- ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް، ގުޅޭނެ ނަންބަރު
- ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ
- ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތުގެ އިތުރު ތަފްޞީލް
- އުފައްދާ އުފެއްދުންތަކުގެ ތަފްޞީލް (ބޭނުންކޮށްފައިވާ މެޓީރިއަލް، ތިމާވެއްޓާއި ރައްޓެހި މިންވަރު، އައިޓަމްތަކުގެ ޑިޒައިން ނުވަތަ ފޮޓޯ، އައިޓަމްތަކުގެ ބޭނުން....)
- އުފެއްދުންތައް ސަޕްލައި ކޮށްދެވޭނެ ކުއަންޓިޓީ، ވިއްކުމަށް ހުށަހަޅާ އަގު
ޕްރޮޕޯސަލްތައް ހުށަހަޅުއްވާނެ:
ސުންގަޑި: 20 ޖޫން 2026 ވަނަ ދުވަހުގެ 1400 ގެ ކުރިން
ހުށަހަޅުއްވާނެ ގޮތް: އީމެއިލް މެދުވެރިކޮށް [email protected] އަށް
މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް އޮޅުން ފިލުއްވުމަށް ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ޛުލްޙިއްޖާ 1447 17
03 ޖޫން 2026