ދިވެހިރާއްޖެ
މި ކައުންސިލުން ބޯޑަރު އަދި ޑަންލޮޕް ސިލިކޯން ދިނުުމުން އދ. މަންދޫ ހުކުރު މިސްކިތް "މަސްޖިދުއް ސިނާޢު" ގެ އެތެރޭގައި ބޯޑަރު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް ރަޖިސްޓްރީކުރެއްވުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
- ރަޖިސްޓްރީކުރުމުގެ ސުންގަޑި : 08 ޖޫން 2026 (ހޯމަ) 10:30 އަށް
- ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ލިންކް: https://forms.gle/15efakwWnqxizsVQ9
- ޕްރީބިޑް މީޓިންގ : 08 ޖޫން 2026 (ހޯމަ) 10:30 އަށްއަށް އދ. މަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
- އަންދާސީ ހިސާބު ހުށައެޅުން: 10 ޖޫން 2026 (ބުދަ) 11:00 އަށް އދ. މަންދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
މި މަސައްކަތާއި ގުޅޭ ކުރެހުންތައް، އަދި އަގު ހުށައަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި މަޢުލޫމާތުތަކުގެ އިތުރުން މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 08 ޖޫން 2026 (ހޯމަ) 10:30 ގެ ކުރިން ތިރީގައިވާ އީމެއިލްއަށް ލިޔުންތައް ފޮނުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- އީމެއިލް އެޑްރެސް: [email protected]
މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމާއިބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތީން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށައެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަދި އަންދާސީ ހިސާބު ހުށައެޅުމަށް މަތީގައި ދަންނަވާފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.