ދިވެހިރާއްޖެ
ޢިއްލާން
މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް މި ކައުންސިލްގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
މިކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް މިކައުންސިލްގައި ރަސްމީކޮށް ބޭނުންކުރާނެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރައްވަވާ ލޯގޯ ހުށަހެޅުއްވުމަށް ދެންނެވީމެވެ. ލޯގޯ ހުށަހެޅުމުގެ ފުރުޞަތު އާއްމު ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށާއި އާއްމު ފަރުދުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީކުރާ ފަރާތްތަކަށް ލޯގޯ ޑިޒައިންކުރަންވީ ގޮތުގެ މައުލޫމާތު ޝީޓް ފޮނުވޭނެއެވެ. ހުށައަޅުއްވާ ލޯގޯ ތަކުގެ ތެރެއިން 01 ވަނަ އަށް ހޮވޭ ލޯގޯއަކަށް މިކައުންސިލުން -/5000ރ (ފަސްހާސް ރުފިޔާ) ފައިސާ އިނާމެއްގެ ގޮތުގައި ދިނުމަށްވަނީ ހަމަޖެހިފައެވެ.
ރަޖިސްޓްރޭޝަން ލިންކް: https://forms.gle/eiTdRv78BsexpM9w8
|
ރަޖިސްޓްރީ ކުރުން |
11 ޖޫން 2026 ވަނަ ދުވަހުގެ 14:00 ގެކުރިން |
|
ލޯގޯ ހުށަހެޅުން |
12 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ގައި |
ލޯގޯ ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމަކާއި އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ލޯގޯގެ ހާރޑް ކޮޕީ ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.