ނީލަން
ނަންބަރު: (IUL)302-CO/302/2026/22
ޕަބްލިޝްކުރި ތާރީޚް: 03 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 20:56
ސުންގަޑި:
07 ޖޫން 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއް ނީލަން ކިޔުން
ބޮޑުތަކުރުފާނުމަގުގެ ދެކުނުކޮޅުން މިސްކިތެއް އެޅުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދުގައި ހުރި 4 (ހަތަރެއް) ރުކާއި، ނަރުދަމާ ނިޒާމުގެ އެސް.ޓީ.ޕީގެ އުތުރުން އޮތް ކޮއިމަލާހިނގުމުގައި ހުރި 10 (ދިހައެއް) ރުކުގެ ނީލަންކިޔުން 07 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00ގައި އޮންނާނެއެވެ.
ވީމާ، މިނީލަމުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތް ތަކުން އެދުވަހުގެ އެގަޑިއަށް ކައުންސިލް އިދާރާ ގޯތިތެރެއަށް ޙާޟިރުވުމަށް ދަންނަވަމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 3 ދުވަހުގެ (ސަރުކާރު ބަންދުނޫން) ތެރޭގައި ކައުންސިލް އިދާރާއަށް ފައިސާ ދައްކާ ނިންމަން ވާނެއެވެ. އަދި 7 ދުވަހުގެ ތެރޭގައި ތަކެތި އެސަރަޙައްދުންނަގާ ތަން ސާފުކޮށް ނިންމަން ވާނެއެވެ.
03 ޖޫން 2026