ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BFS/1/2026/35
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 20 އޮގަސްޓް 2026 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
26 ވަނަ ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް

ޗައިނާގެ ޒިއަމެންގައި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 އިން 11 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 26 ވަނަ ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެ އަށް ހުޅުވާލެވިފައިވާކަމުގެ މައުލޫމާތު ޗައިނާގެ ސަރުކާރުން ވަނީ މި މިނިސްޓްރީ އާ ހިއްސާކުރަށްވާފައެވެ. މިއީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމަރސް (މޮފްކޮމް) އިން  އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ، ބައިނަލްއަޤްވާމީ އިންވަސްޓްމަންޓް މައުރަޒެކެވެ. މިމައުޒަރުގައި ރާއްޖޭގެ ކުންފުނިތަކާއި، ސިނާއީ ފަރާތްތަކުން ބައިވެރިވުމަށް، މައުރަޒު އިންތިޒާމު ކުރާ ފަރާތުން ވަނީ ދައުވަތު އަރުވާފައެވެ.

މި މައުރަޒުގެ މަޤްސަދަކީ ޕްރެކްޓިކަލް އިންވެސްޓްމަންޓްތަކަށް ޕްލެޓްފޯމެއް ހޯދައިދީ، އިންވަސްޓްމަންޓާއި ޕޮލިސީއާ ގުޅުންހުރި މަޝްވަރާތައް ކުރިޔަށްގެންދެވޭނެ މާހައުލެއް ގާއިމްކުރުމެވެ. މީގެ އިތުރުން، ބީ2ބީ ސެޝަންތަކާއި، އިންވެސްޓްމަންޓް ސެމިނަރތަކާއި، ޕްރޮޖެކްޓް ރޯޑްޝޯތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަމުގެ މައުލޫމާތުވެސް މައުރަޒު އިންތިޒާމުކުރައްވާ ފަރާތުން ހިއްސާކޮށްފައިވެއެވެ.

މިމައުރަޒުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މި މައުރަޒުގެ ރަސްމީ ވެބްސައިޓް (www.chinafair.org.cn) މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރެއްވުމަށްފަހު، ބައިވެރިވާކަމުގެ މައުލޫމާތު [email protected] އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.  އަދި މައުރަޒާ ބެހޭ އިތުރު މައުލޫމާތު  ޗައިނާ އިންޓަނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑްގެ ވެބްސައިޓް (www.chinafair.org.cn) އިންވެސް ލިބޭނެކަން މައުލޫމާތަށްޓަކައި ދެންނެވީމެވެ.

02 ޖޫން 2026