ދިވެހިރާއްޖެ
|
މަޤާމު: |
އެސޯސިއޭޓް ކައުންސިލް އޮފިސަރ |
||||||||||
|
މަޤާމުގެ ނަންބަރު: |
J-44568 |
||||||||||
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
||||||||||
|
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||
|
މަޤާމުގެ ރޭންކު: |
ޕީ.އެސް.އާރ 4 (ސްޓެޕް 1) |
||||||||||
|
މަޤާމުގެ ކްލެސިފިކޭޝަން: |
ޖެނެރަލް ސަރވިސް 3 |
||||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ / ވ.ފުލިދޫ |
||||||||||
|
މުސާރަ: |
-/8,505 ރުފިޔާ (މަހަކު) |
||||||||||
|
ސަރވިސް އެލަވަންސް: |
-/2،555 ރުފިޔާ (މަހަކު) |
||||||||||
|
އެހެނިހެން އެލަވަންސް: |
1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. 2-ހާޟިރުވާ ކޮންމެ ދުވަހަކަށް 70.00 ރުފިޔާ. 3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 4- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. |
||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން. 2- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 3- މުވައްޒަފުންގެ ދުވަހު ހާޒިރީއާއި ސަލާން ބުނުމާއި ޗުއްޓީ ދިނުމުގެ ކަންތައް ކުރުމާ، މުވައްޒަފުންގެ ސަލަމާއި ޗުއްޓީ ރެކޯޑު ބެލެހެއްޓުން އަދި މުވައްޒަފުން ކުރާ ދަތުރުތަކުގެ ރެކޯޑް ބެލެހެއްޓުން. 4- މުވައްޒަފުންގެ އިތުރުގަޑީ ޙާޒިރީ ރިޕޯޓާއި، ދުވަހު ޙާޒިރީ ރިޕޯޓާއި، ބަންދު ދުވަހުގެ ޙާޒިރީ ރިޕޯޓު ތައްޔާރުކޮށް ބެލެހެއްޓުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 5- މުވައްޒަފުންގެ މުސާރައާއި ގުޅޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން. 6- ކައުންސިލް އިދާރާއަށް ގަންނަ ތަކެއްޗާއި، ކުރުވާމަސައްކަތާއި، ހޯދާ ޙިދުމަތަށް ހުށަހެޅޭ ބިލްތަކަށް ފައިސާ ދޫކުރުމާއި، އެއާއިގުޅޭ ފޯމްސެޓް ތައްޔާރުކުރުން. 7- ކައުންސިލަށް ލިބޭފައިސާ ދުވަހުންދުވަހަށް އިދާރާގެ ތިޖޫރީގައި ބެލެހެއްޓުމާއި ތިޖޫރީން ދޫކުރަންޖެހޭ ފައިސާ ދޫކުރުމާއި އެކު ތިޖޫރި ރިޕޯޓު ތައްޔާރުކޮށް ބެލެހެއްޓުމާއި އަދި ތިޖޫރީބާކީ ބަރާބަރަށް ބެލެހެއްޓުން. 8- މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަޢުލޫމާތު އެއްކޮށް ހަމަޖެހިފައިވާ އުސޫލުން ކަމާއި ބެހޭއިދާރާތަކަށް ފޮނުވުން. 9- ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނަށް ހަދިޔާގެ ގޮތުގައި ތަކެއްޗާއި، ފައިސާ ބަލައިގަނެ ޢިދާރާގައި އެމަސައްކަތް ބެލެހެއްޓުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ޚަވާލުކުރުން. އަދި ވެރިފަރާތް ނޭނގިގެން ވެރިފަރާތް ހޯދުމަށް ކައުންސިލާއި ޚަވާލުކުރެވޭތަކެތީގެ ވެރިފަރާތް ހޯދުމަށް މަސައްކަތްކުރުމާއި އަދި ވެރިފަރާތް ނުފެނިއްޖެނަމަ ޤާނޫނީ ގޮތުން އެތަކެއްޗާއިމެދު ޢަމަލުކުރަންވީ ގޮތަށް ޢަމަލުކުރުން. 10- ގޯތިންބޭރުގައި ހުރި މީސްމީހުންގެ ރުއްގަހުގެ ދަފްތަރު ބެލެހެއްޓުމާއި ބިމުގެ ދަފްތަރު ބެލެހެއްޓުމާއި، އިޖުތިމާއީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން. 11- ޤާނޫނާއި ޤާވާޢިދުގައިވާ ގޮތުގެމަތިން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ދަފްތަރު ބެލެހެއްޓުމާއި، އުޅަނދުފަހަރު ސާރވޭ ކުރުމާއި ގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުން. 12- ފިޠުރުޒަކާތް ނެގުމާއި، ދޫކުރުމާއި ފަޤީރުންނާއި މިސްކީނުންގެ ލިސްޓް އެކުލަވާލާ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. 13- ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އިމާރަތްތަކުގެ އާބަތުރަ ފިލުވުމަށްޓަކައި ، ބޭނުންވާ މައުލޫމާތު އެއްކުރުމާއި ، އެސްޓިމޭޓް ތައްޔާރުކުރުމާއި ، އެފަދަ މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދާ މަސައްކަތް ހަވާލުކުރުން. 14- ގެސްޓްހައުސް އިންސްޕެކްޓްކުރުމުގެ އެންމެހާ ކަންކަން ބެލެހެއްޓުން. 15- ކައުންސިލްގެ ޢިދާރާއިން ރާވައި ކުރިއަށްގެންދާ ޓްރެއިނިންގް ޕްރޮޤްރާމްތަކާއި، ބައްދަލުވުންތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި ޢަމަލީ ގޮތުން ބައިވެރިވުން. 16- ކައުންސިލުގެ އިދާރާއިން ކުރިއަށްގެންދާ ޚާއްސަ އިވެންޓްތަކުގައި ނުވަތަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކުއްލިހާލަތުގައި ދިމާވާ ކަންކަމުގައި އެހީތެރިވެދިނުން. 17- ޢިދާރާގެ ހިންގުމާއި ގުޅޭގޮތުން ސެކްރެޓަރީ ޖެނެރަލް ޚަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.
|
||||||||||
|
މަޤާމުގެ ޝަރުޠުތައް: |
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.
ތަޢުލީމީ ދާޢިރާ:
މަޤާމުގެ މަސައްކަތު ދާއިރާތައް:
|
||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1 -ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %60 (ފަސްދޮޅަސް އިންސައްތަ ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާނަމައެވެ. |
||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ޖޫން 2025 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
||||||||||
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
||||||||||
|
އިންޓަރވިއު އަދި އެސެސްމެންޓް އޮންނާނެ ތަނާއި، މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 2026 ޖޫން 10 އާއި 2026 ޖޫން 18 އާ ދެމެދުގައެވެ. ޕްރެކްޓިކަލްސްއާއި އިންޓަވިއު އޮންނަނީ ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާގައެވެ. |
||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވައިބަރ ގްރޫޕް،ފޭސްބުކް ޕޭޖުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6700603، 9896446 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެއުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
|||||||||||