ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)14-PR/1/2026/45
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 12:15
ސުންގަޑި: 10 ޖޫން 2026 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހަށް ގަންނަން ބޭނުންވާ ނެޓްވޯކް ސްވިޗް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ ފަހަރަށް އިޢުލާން ކުރެވިފައި)

      މި އޮފީހަށް ގަންނަން ބޭނުންވާ ނެޓްވޯކް ސްވިޗް އާއި އެއާގުޅުންހުރި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 16 އެޕްރީލް 2026 ވަނަ ދުވަހު ކުރި ނަންބަރު (IUL)14-PR/1/2026/30 އިޢުލާނާއި އެއްކަރުދާސް ކުރެވުނު މަޢުލޫމާތު ކަރުދާހަށް ބަދަލު ގެންނަން ބޭނުންވާތީ، 16 އެޕްރީލް 2026 ވަނަ ދުވަހު ކުރި ނަންބަރު (IUL)14-PR/1/2026/30 އިޢުލާން ބާޠިލުކޮށް، މި އޮފީހަށް ގަންނަން ބޭނުންވާ ނެޓްވޯކް ސްވިޗް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

      ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 14 ޖޫން 2026 ވާ އާދިއްތަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.

      ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ [email protected] އީމެއިލް އަށް 10 ޖޫން 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.

02 ޖޫން 2026