ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2026/171
ޕަބްލިޝްކުރި ތާރީޚް: 02 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 07 ޖޫން 2026 14:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
އޮގްޒިލަރީ ފަޔަރމަން / ގދ.ތިނަދޫ ފަޔަރ ސްޓޭޝަން

ގދ.ތިނަދޫގައި ހުންނަ ފަޔަރ ސްޓޭޝަނަށް ކޮންޓްރެކްޓް އުސޫލުން އޮގްޒިލަރީ ފަޔަރމަނުން ބޭނުންވުން.

 

މަގާމު

އޮގްޒިލަރީ ފަޔަރމަން  (ޕަބްލިކް ސަރވިސް ރޭންކް 3)

ބޭނުންވާ ޢަދަދު

1 (އެކެއް)

މުސާރަ

މަހަކު 9,940.00 ރުފިޔާ

މަގާމުގެ އެލަވަންސް

މަހަކު 3,435.00 ރުފިޔާ

ހާޒިރީ އެލަވަންސް

މަސައްކަތު ނުކުންނަ ދުވަހަކަށް، 80.00 ރުފިޔާ

ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭތަން

ގދ.ތިނަދޫ  ފަޔަރ ސްޓޭޝަން

އިތުރު ޢިނާޔަތްތައް

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ

1- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. އަދި،

2- މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މި މަގާމަށް ކަނޑައަޅާފައިވާ ޢިލްމީ އަދި ޢަމަލީ އިމްތިހާނާއި މެޑިކަލް ޓެސްޓުން ފާސްވުން.

މަގާމަށް ޢައްޔަންކުރާއިރު ބޭނުންވާ ލައިސަންސް ތަކާއި، ފުރިހަމަކުރުން ލާޒިމު ތަމްރީނުތައް

ބޭސިކް ފަޔަރ ފައިޓަރ ކޯސް- ބޭސިކް

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

1- އަލިފާނުގެ ހާދިސާތަކުގައާއި، ދިމާވާ ނުރައްކާތެރި ކަންކަމުގައި ރައްޔިތުންނާއި ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމާއި، އަލިފާނުގެ ހާދިސާތައް ހިނގިޔަނުދިނުމަށް ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުން.

2- ކުރިމަތިވާ އިމަޖެންސީ ހާލަތްތަކުގައި އުސްތަންތަނަށް އެރުމާއި ނުރައްކާތެރި ތަންތަނަށް ވަންނަންޖެހޭ ހާލަތްތަކުގައި އެތަންތަނަށް ވަނުން.

3- ނުރައްކާތެރި ތަކެތި އުފުލަންޖެހޭ ހާލަތްތަކުގައި އެފަދަ ތަކެތި އުފުލުމާއި އެފަދަ ތަކެތި ނައްތާލަންޖެހޭ ހާލަތްތަކުގައި އެފަދަ ތަކެތި ނައްތާލުމުގެ މަސައްކަތްކުރުން.

4- ރެސްކިއު އެންޑް ފަޔަރ ފައިޓިންގ އިކްވިޕްމަންޓްތައްހުރީ ތައްޔާރީ ހާލަތުގައިތޯބަލާ ދުވަހުން ދުވަހަށް ޗެކްކޮށް ބެލެހެއްޓުން.

5- އަލިފާނުގެ ހާދިސާތަކާގުޅިގެން ތައްޔާރުކުރަންޖެހޭ ލިޔެކިއުންތަކާއި ރިޕޯޓްތައް ތައްޔާރުކުރުމާއި ރެކޯޑްސް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2026 ޖޫން 7 ވާ އާދީއްތަ ދުވަހު 14.00 ގެ ކުރިން  މި ވުޒާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މި ވުޒާރާއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

 

16 ޛުލްހިއްޖާ 1447

02 ޖޫން 2026