މަސައްކަތް
ނަންބަރު: (IUL)352/352/2026/31
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 17:09
ސުންގަޑި: 07 ޖޫން 2026 14:00
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ 05 އަހަރު ދުވަހުގެ، ފައިނޭންސިއަލް އޮޑިޓެއް ކޮށްދޭނެ ފަރާތެއް ހޯދުން:

މިއިދާރާގެ 05 އަހަރު ދުވަހުގެ (17 މާރިޗް 2021 ން 17 މާރިޗް 2026 ށް) ފައިނޭންސިއަލް އޮޑިޓް ކޮށްދޭނެ އޮޑިޓް ފާމެއް ބޭނުންވެއްޖެއެވެ.

ބިޑް ހުށަހަޅާ އޮޑިޓް ފާމްތަކުގައި ތިރީގައި މިވާ ޝަރުތުތައް ހުންނަންވާނެއެވެ.

-       އޮޑިޓް ކުރުމަށް  ބިޑް ހުށަހަޅާ ފާމަކީ ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓް ކުރުމާއި އެޝުއަރެންސްގެ ޚިދުމަތް ދިނުމުގެ ގަވާއިދު (ނަންބަރ:  (2021-R3)ދަށުން ދިވެހިރާއްޖޭގެ ޤާނޫނީ އޮޑިޓް ކުރުމާއި އެޝުއަރެންސް ޚިދުމަތް ދިނުމުގެ ލައިސެންސް އޮންނަ ފާމެއް ކަމުގައި ވާންވާނެއެވެ.

-       އޮޑިޓް ފާމަކީ ކައުންސިލްތައް ނުވަތަ ސަރުކާރުގެ ކުންފުނިތައް އޮޑިޓް ކުރުމުގެ ތަޖުރިބާ ހުރި ފާމަކަށް ވާންވާނެވެ.

އޮޑިޓް ކުރުމަށް ބިޑް ހުށަހެޅޭނީ މިބިޑްގައި ބައިވެރިވުމަށް  ޝައުޤުވެރިވެ ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށްޓަކައި، މިއިޢުލާނާއިއެކު، ހިމެނިފައިވާ ބިޑް ރަޖިސްޓްރީކުރާ ފޯމް ފުރިހަމަކުރެއްވުމަށްފަހު،  07 ޖޫން 2026 ވާ (އާދިއްތަ) ދުވަހުގެ 14:00 ގެ ކުރިން [email protected] އީމެއިލް ކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރާ ފޯމް މިއިދާރާއަށް ހުށަހެޅުމުން، 08 ޖޫން 2026 ( ހޯމަ ) ދުވަހުގެ 14:00 ގެ ކުރިން ބިޑާއިބެހޭ މަޢުލޫމާތު ފޯރުކޮށް ދެވޭނެއެވެ. މިގޮތުން މިމައުލޫމާތު ފޯރުކޮށް ދެވޭނީ އީ މެއިލް މެދުވެރިކޮށެވެ.

އަދި ދަންނަވަމަވެ. ރަޖިސްޓްރީ ކުރަމުން ގެންދާ ފަރާތްތަކުން މިބިޑާއިބެހޭ އެއްވެސް މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ މިއިދާރާގެ ([email protected]) އީމެއިލް ކުރެއްވުމުން، އެމަޢުލޫމާތެއްވެސް ފޯރުކޮށްދެވޭނެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން، ބިޑްރަޖިސްޓްރީކުރި ފަރާތްތަކުގެ ބިޑްތައް ބަލައިގަތުން އޮންނާނީ، 11 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، އދ. ދަނގެތީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޛުލްހިއްޖާ 1447

01 ޖޫން 2026

01 ޖޫން 2026