ބީލަން
ނަންބަރު: IUL /1093/2026-B003
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2026
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 10 ޖޫން 2026 14:00
ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ނޫރާނީ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

  • މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  • މި ބީލަމުގައި ރަޖިސްޓްރީކުރުމަށް، 01 ޖޫން 2026 އިން 10 ޖޫން 2026 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 08.00 އިން 14:00 އަށް، ކުންފުނި/ފަރާތުގެ ނަން، ގުޅޭނެފަރާތުގެ ނަމާއި ކޮންޓެކްޓް ނަންބަރު، ހިމަނުއްވައި ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުމުން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދެވޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް އެދި މި މުއްދަތުގައި ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

 

  • މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 ޖޫން 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން  [email protected]   އަށް  މެއިލް  ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

 

 

  • ބިޑް ހުޅުވުން އޮންނާނީ 15 ޖޫން 2026 ވާ ހޯމަ  ދުވަހުގެ 10:00 ގައި ނޫރާނީ ސްކޫލްގައެވެ.

 

  • މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި ޢިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      ނޫރާނީ ސްކޫލް

      ފޯން: 6885917

      އީ-މެއިލް: [email protected]

 

01 ޖޫން 2026