ދިވެހިރާއްޖެ
ށ.ނަރުދޫއިން ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލުގެ ދަށުން މިރަށުން ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި 05 ޖަނަވަރީ 2026 މި އިދާރާއިން ކުރި ނަންބަރު 278/278/2026/3(IUL) އަދި 08 ފެބްރުއަރީ 2026 ގައި މި އިދާރާއިން ކުރި ނަންބަރު 278/278/2026/6(IUL) އިޢުލާނާއި ގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ޝީޓް މި އިޢުލާނާ އެކު ޢާންމުކުރަމެވެ.
އެހެންކަމުން ޕޮއިންޓް ޝީޓް އާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ 04 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ ޝަކުވާއެއް މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. ޝަކުވާ ހުށަހަޅާނީ މިއިދާރާގެ ނަންބަރ 6540682 ފޯނު އާއި ގުޅައިގެން ނުވަތަ މި އިދާރާގެ އިމެއިލް [email protected] އަށް މެއިލް ކުރައްވައިގެންނެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.