ދިވެހިރާއްޖެ
ނީލަމުގައި ބައިވެރިވުމުގެ ދައުވަތު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން ގެ ބައު ތަކެތި ނީލަމުގައި ވިއްކުން
މި އޮފީހުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން، ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޢިމާރާތް (އަމީނީބިލްޑިންގ) ގައި 10 ޖޫން 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ.
މި ތަކެތި ބަލަަން ބޭނުންވާ ފަރާތްތަކުން، 09 ޖޫން 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ފެކަލްޓީ އޮފް އެޑިއުކޭޝަން (އަމީނީބިލްޑިންގ) އަށް ޙާޟިރުވުން އެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 10 ޖޫން 2026 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް ފެކަލްޓީ އޮފް އެޑިއުކޭޝަން އަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު،ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި ޔުނިވަރސިޓީއަށް ނެގުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާނު ކުރީމެވެ.
|
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛ |
|
ފެކަލްޓީ އޮފް އެޑިއުކޭޝަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަމީނީމަގު، މާލެ، ދިވެހިރާއްޖެ ފޯން: 3375317, 3345333 އީ-މެއިލް: [email protected] |