ތަމްރީނު
ނަންބަރު: (IUL)298/298/2026/24
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2026
ޕަބްލިޝްކުރި ގަޑި: 21:32
ސުންގަޑި: 31 މޭ 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެމަޖެންސީ ފަސްޓް ރެސްޕޮންސް ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރެއިނިންގ ސްކޫލާ ގުޅިގެން، ރ. އަލިފުށީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "އެމަޖެންސީ ފަސްޓް ރެސްޕޮންސް" ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                     މި ތަމްރީނަކީ ދިރިއުޅުމުގެ އެކި މާހައުލުތަކުގައި ދިމާވާ ކުއްލި ނުރައްކާތަކުގައާއި ސިއްހީ ކާރިސާތަކުގައި، މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ދޭންޖެހޭ އަސާސީ ފުރަތަމަ އެހީ ދޭނެ ގޮތް އަމަލީގޮތުން ދަސްކޮށްދިނުމަށް ބޭއްވޭ 1 ދުވަހުގެ ހާއްސަ ތަމްރީނެކެވެ. މިއީ މުޅިން ހިލޭ ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

  • ތަމްރީނު ބޭއްވޭ ތާރީޚް 05 :ޖޫން 2026 (ހުކުރު ދުވަސް)
  • ތަމްރީނުގެ ގަޑިތައް:
    • ހެނދުނު ސެޝަން: 08:00 އިން 10:00 އަށް
    • މެންދުރުފަހު ސެޝަންތައް: 14:00 އިން 15:00 އަށް އަދި 16:00 އިން 18:00 އަށް
    • ރޭގަނޑު ސެޝަން: 20:00 އިން 21:30 އަށް

                     ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ 18 އަހަރުން މަތީގެ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް ލިންކް މެދުވެރިކޮށް 2026 މޭ 31 ގެ 13:00 ގެ ކުރިން ރަޖިސްޓްރީވުން އެދެމެވެ.

ފޯމް ހުށަހަޅަންވީ ލިންކް:https://forms.gle/JThCuJRQ1Xg7zGxv8 

މިހެންވެ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

11 ޛުލްޙިއްޖާ 1447

28 މޭ 2026