ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-HR/328/2026/76
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2026
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 27 މޭ 2026 00:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢީދު ނަމާދު ބޮޑުޖަމާޢަތުގައި ކުރުން

މޫސުން ތަންދޭނަމަ 1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ބޮޑު ޖަމާޢަތުގައި ފުޓްސަލް ދަނޑުގައެވެ. ޢީދު ނަމާދުކުރަން

ހަމަޖެހިފައިވަނީ 27 މޭ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 07:00 ގައެވެ.

ދަނޑުގެ ޓާރފް މަތީގައި އިތުރު އެއްޗެއް އަޅާފައި ނުވާނެތީ، ކުނާ ނުވަތަ މުސައްލަ ފަދަ ތަކެތި ބޭނުންކުރަން ބޭނުންފުޅުވާ ފަރާތްތަކުން އެތަކެތި

ގެންނެވުމަށް ދަންނަވަމެވެ. އަދި ގެއިން ވުޟޫކޮށްގެން ވަޑައިގަތުމަށާއި، ގޮނޑީގައި ނަމާދުކުރައްވާ ބޭފުޅުން އަމިއްލަ ގޮނޑި ގެންނެވުމަށްވެސް

އިލްތިމާސްކުރަމެވެ.

މޫސުން ގޯސްވެގެން މިސްކިތްތަކަށް ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި، ޢީދު ނަމާދު ކުރުން އޮންނާނީ މަސްޖިދުލް ސިއްދީޤް އަދި މަސްޖިދުލް

ދާރުއްސަލާމްގައެވެ. މިސްކިތުގައި ނަމާދުކުރާ ހާލަތުގައި ގޮނޑި ބޭނުންކުރައްވާ ބޭފުޅުން، މިސްކިތުގެ ކާޕެޓަށް ގެއްލުން ނުވާނެ ފަދަ ރައްކާތެރި ގޮނޑި

ބޭނުންކުރެއްވުމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

އުފާވެރި އަޟްޙާ ޢީދުގެ ތަހުނިޔާ ކުރެންދޫގެ ލޮބުވެތި ރައްޔިތުންނާއި މެހުމާނުންނަށް އަރިސްކުރަން! ޢީދު ނަމާދަށްފަހު "ޢިދު ސައިފޮދު" ހަބަޝީ ޕްރީ ސްކޫލް ގައި އޮންނާއެވެ. މިސައިފޮދަށް ދަޢުވަތު އަރުވަމެވެ.

25 މޭ 2026