ދިވެހިރާއްޖެ
އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓު ބޭނުންކުރައްވާ އެންމެހާ ފަރާތްތަކުން 2026 ވަނަ އަހަރުގެ ދެވަނަ ޓާމްގެ ގޮތުގައި ބެލެވޭ (މެއި، ޖޫން، ޖުލައި، އޮގަސްޓް) ގެ މެމްބަރޝިޕް ފީ 31 މެއި 2026 ވާ އާދިއްތަ ދުވަހުގެ ކުރިން އައުކުރުމަށް ދަންނަވަމެވެ.
ހިންގާ ޤަވާއިދު އަދި މެމްބަރޝިޕް ފޯމް ޑައުންލޯޑް ކުރުމަށް ސްކޭން ކޮށްލައްވާ:
މެމްބަރޝިޕް ފީ އައު ކުރާ އެންމެހާ މެމްބަރުން ފީ ދައްކަވާ ފަރާތުގެ ތަފްޞީލް (މެމްބަރޝިޕް ނަމްބަރު، ނަން، އައިޑީ ކާޑު ނަމްބަރ އަދި ޓާމް) އެންގޭނޭ ގޮތަށް ސްލިޕްގައި ހިމެނުމަށްފަހު ބެޑްމިންޓަން އެސޯސިއޭޝަންގެ BML އެކައުންޓް ނަމްބަރ: 7701172490001 އަށް ޓްރާންސްފަރ ކުރުމަށްފަހުގައި މިއެސޯސިއޭޝަންގެ އީމެއިލް [email protected] ނުވަތަ ވަޓްސްއެޕް ނަމްބަރ 9904057 އަށް ފޮނުއްވުން އެދެމެވެ.
އަދި ކުލަބްގެ ދަފްތަރު / ކްލަބް މެންބަރސް ލިސްޓް ފޯމް 2026 ވަނަ އަހަރަށް އައު ކޮށްފައިނުވާ ހުރިހާ މެމްބަރ ކްލަބު ތަކަކުން ސޮޕްޓް ކޮފީ (ޕީޑީއެފް) ނުވަތަ ހާޑް ކޮޕީ ހުށައެޅުމަށްވެސް އެދި ދަންނަވަނެވެ.
މެމްބަރޝިޕް ފީ އަދި ރަޖިސްޓްރޭޝަން އަށް އޮފީސް ހުޅުވިފައި ހުންނާނީ: މެންދުރު 12:00 އިން 15:00 އަށެވެ.