ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)491/491/2026/81
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2026
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 15 ޖޫން 2026 23:59
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި މިނިސްޓްރީން ހުޅުވާލާފައިވާ ސްކީމުތަކަށް އެޕްލިކޭޝަން ހުށަހަޅަންޖެހޭ މުއްދަތު އިތުރުކުރުމާ ގުޅޭ

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުގައި މިވަގުތު ކުރިޔަށް ގެންދާ ގިނަ ސްކީމުތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު މި މަހުގެ 31 ގެ ނިޔަލަށް ހަމަވާގޮތަށް އޮތް ކަމުގައިވީނަމަވެސް، އަޟްޙާ ޢީދަކީ ގިނަ ފަރާތްތަކަކުން ޢާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށްޓަކައި ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއި، ޢީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ވެފައިވުމާއެކު، ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާކަމަށް ގިނަ އަދަދެއްގެ ފަރާތްތަކުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅުއްވަމުން ދާކަމަށް މިނިސްޓްރީން ފާހަގަކުރަމެވެ. ވީމާ، މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި މިނިސްޓްރީން ހުޅުވާލާފައިވާ ހުރިހާ ސްކީމުތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 23:59 ގެ ނިޔަލަށް އިތުރުކޮށްފައިވާކަން ޢާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

ހުރިހާ ފަރާތްތަކަކުންވެސް ފޯމު ހުށަހެޅުއްވުމުގެ ކުރިން ފޯމު ފުރިހަމަކޮށްލައްވާފައިވަނީ އެޕްލިކޭޝަން ހުށަހަޅަން އެދޭ ސްކީމަށްތޯއާއި، ލިޔެކިއުންތަކާއި މަޢުލޫމާތުތައް ފުރިހަމަކުރެވިފައިވަނީ ރަނގަޅަށްތޯ ކަށަވަރުކުރެއްވުމަށްފަހު، ފޯމު ހުށަހެޅުމަށް ހުޅުވާލައިފައިވާ މުއްދަތުގެ ތެރޭގައި، ފޯމު ހުށަހެޅުއްވުމަށް ސަމާލުވެލެއްވުމަށް ދަންނަވަމެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވަން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުއްވިފައިވާކަން ޕޯޓަލުން ކަށަވަރުކުރެއްވުމަށް ސަމާލުކަން ދެއްވުމަށްވެސް އެދެމެވެ.

މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 860-4004، 861-4004، 862-4004، 863-4004، 864-4004 ނުވަތަ 865-4004 ގުޅުއްވުން އެދެމެވެ. އަދި މި މިނިސްޓްރީގެ އީމެއިލް: [email protected] އަށް ހުށަހަޅުއްވައިގެންވެސް މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.

23 މޭ 2026