މުބާރާތް
ނަންބަރު: (IUL)417-SED/417/2026/44
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2026
ޕަބްލިޝްކުރި ގަޑި: 16:26
ސުންގަޑި:
25 މޭ 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަޟްޙާ ޢީދު ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި، 2026 މޭ 26 އިން 30 އަށް ތަފާތު ކުޅިވަރު މުބާރާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ބޭއްވުމަށް ތާވަލުކުރެވިފައިވާ މުބާރާތްތަކަކީ:
- މަސްރޭސް (ފިރިހެން)
- މަސްރޭސް (އަންހެން)
- ތްރީ އޮން ތްރީ (ކިޑްސް)
- ބަށި މުބާރާތް
- ރާޒުވާ މުބާރާތް
މި މުބާރާތްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 25 މޭ 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ފޯމު ހުށަހެޅުއްވުން އެދެމެވެ. ސަބަބަކީ މުބާރާތްތަކުގެ އިންތިޒާމުތައް ދުރާލާ ރޭވުމަށް ބޭނުންވާތީއެވެ.
ވީމާ، މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. މުބާރާތްތަކުގެ ޤަވާޢިދު މިއިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.
ލިންކް: https://forms.office.com/r/xVeuPmkBwA
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 މޭ 2026