ދިވެހިރާއްޖެ
|
މި އޭޖެންސީ އިން ކަނޑައަޅާ ބަޔަކާއި، އެބައެއްގެ ލަގެޖުގެ އިތުރުން ކ. ހިންމަފުށި، މާލެ އަދި ހުޅުމާލޭގައި މި އޭޖެންސީއިން ހިންގާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި އުފުލުމަށްޓަކައި ކުރަންޖެހޭ ދަތުރުތައް 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދިނުމަށް ކަނޑު އުޅަނދެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތައް 21 މެއި 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 08 ޖޫން 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ. |
|||
|
|
ތާރީޚް |
ގަޑި |
ތަން |
|
އަންދާސީ ހިސާބު ހުށަހެޅުއްވުން |
09 ޖޫން 2026 (އަންގާރަ) |
11:00 (މެންދުރުކުރި) |
ނޭޝަނަލް ޑްރަގް އޭޖެންސީ މައި އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / 2 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން / މާލެ) |