ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2026/170
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2026
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 04 ޖޫން 2026 17:30
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2026 ޖޫން 01، 02، 03 އަދި 04 ވަނަ ދުވަހުގެ 06:00 އިން 17:30 އަށް، ހުޅުމާލޭގެ އިރުން 07 ނޯޓިކަލް ބޭރުން ކަނޑުމަތީގައި ކުރިއަށްގެންދިއުން

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2026 ޖޫން 01، 02، 03 އަދި 04 ވަނަ ދުވަހުގެ 06:00 އިން 17:30 އަށް، ހުޅުމާލޭގެ އިރުން 07 ނޯޓިކަލް ބޭރުން ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. 

21 މޭ 2026