ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HRM/IU/2026/153
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2026
ޕަބްލިޝްކުރި ގަޑި: 15:27
ސުންގަޑި: 31 މޭ 2026 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސެކިއުރިޓީ އެސިސްޓެންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:ހުޅުމާލެ / މާލެ

މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ

 

ތައުލީމީ ފެންވަރާއި ތަޖުރިބާ:

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއިއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްޙަތެއްގައި ހުރުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތްވާ ގޮތިގެމަތިން ހަވާލުކުރެވޭ ސަރަހައްދު މޮނީޓަރކޮށް ސެކިޔުރިޓީ ބެލެހެއްޓުން.

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

  • ހަމަޖެހިފައިވާ ޢުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ޒިޔާރަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދު ދިނުން.
  • ސެކިއުރިޓީ ކެމަރާ އަދި އެލާމްތައް މަސައްކަތް ކުރޭތޯ ޔަގީންކުރުން.
  • ސެކިއުރިޓީ ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަންތަނަށް ވެއްދޭ ތަކެއްޗާއި ބޭރުކުރެވޭ ތަކެތި މޮނިޓަރކޮށް، މައްސަލައެއް ކުރިމަތިވެއްޖެ ހިނދެއްގައި ސުޕަވައިޒަރަށް އަންގައި އެކަން ހައްލުކުރުން.
  • ހަމަޖެހިފައިވާ ޢުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސެކިއުރިޓީ ބެލެހެއްޓޭ އިމާރާތައް ވަދެނިކުމެހަދާ މީހުން ދެނެގަނެ، އިމާރާތުގެ ގޯތިތެރެއަށް ވަނުމަށް ހުއްދަލިބިފައިނުވާ ފަރާތްތައް ހުއްޓުވާ އެކަން ސުޕަވައިޒަރަށް ރިޕޯރޓްކުރުން.
  • ހަވާލުކުރެވޭ މަސައްކަތްތައް އިޙްލާސްތެރިކަމާއި އެކު އަދާކޮށް، ވަގުތައް ކަމޭހިތައި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން.
  • ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެމަސައްކަތަކަށް އެއްބާރުލުން ދިނުން.
  • ކުންފުނީގެ މުވައްޒަފެއްގެ ހައިސިއްޔަތުން މީހުންނާއި މުއާމަލާތް ކުރާއިރު ރީތިބަހުން މުއާމަލާތް ކުރުން.
  • ހަވާލުކުރެވޭ މަސައްކަތްތައް ޒިންމާދާރުވެރި އަދި އިޙްލާސްތެރިކަމާއި އެކު އަދާކޮށް، ވަގުތައް ކަމޭހިތައި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން.
  • ސުޕަވައިޒަރުންނާއި ގުޅިގެން ސެކިއުރިޓީ ގަވާއިދުތައް ހަރުދަނާކޮށް އުސޫލުތައް ތަންފީޒު ކުރުމަށް އެހީތެރިވެދިނުން.
  • މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • ސަލާމަތީ ކަންތައްތައް ދަންނަ މީހެއް ކަމުގައިވުން.
  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
  • މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.

 

މުސާރަ: 10,500.00ރ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

........................................................................................................................

 

ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
  • ސީވީ

 

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް އުސޫލުން (ފުރަތަމަ އެއް އަހަރުގެ ކޮންޓްރެކްޓެއް ހުށައެޅުމަށްފަހު، ދާއިމީ ކުރުމަށް ނިންމާނީ ފުރަތަމަ ކޮންޓްރެކްޓް ނިމުމުންނެވެ).

 

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 31 މެއި 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެޗް.ޑީ.ސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު:  (jobs.hdc.mv)

 

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

 

 

21 މޭ 2026