ބީލަން
ނަންބަރު: (IUL)22-PU/22/2026/112
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2026
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 08 ޖޫން 2026 23:59
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
20 ސްކޫލެއްގައި ސްކޫލް ވެލްބީން ޔުނިޓްތައް ގާއިމްކުރުމަށް ނޭޝަނަލް ކޮންސަލްޓަންޓެއް ހޯދުން

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

20 ސްކޫލެއްގައި ސްކޫލް ވެލްބީން ޔުނިޓްތައް ގާއިމްކުރުމަށް ނޭޝަނަލް ކޮންސަލްޓަންޓެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ޓަރމްސް އޮފް ރެފަރަންސް:

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ޖޫން 08 ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

ޕްރޮޕޯސަލް ހުށައެޅުން:

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން2026 ޖޫން 10 ވަނަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް، "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ލިންކު: https://bit.ly/4ftFkO7  

ޕްރޮޕޯސަލް އެޑްރެސް ކުރަންވީ ފަރާތް:

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.                                            

އީ-މެއިލް: [email protected]

ފޯން: 3041242,3041249

 

21 މޭ 2026