ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު (3 ވަނަ އިޢުލާން)
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ވިޒިޓް މޯލްޑިވްސް އިޔަރ 2027" ބްރޭންޑިންގްގެ އެންމެހާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މި ވުޒާރާ އިން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން (ޓާރމްސް އޮފް ރެފަރެންސް/ މައުލޫމާތު ޝީޓު/ބީލަން ފޮތް) ގައި ބަޔާންކޮށްފައިވާ މައުލޫމާތައް ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ "ބީލަން ފޮތް ޓާރމްސް އޮފް ރެފަރެންސް/ މައުލޫމާތު ޝީޓު" އަދި ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
އިންފޮމޭޝަން ސެޝަން
މި މަޝްރޫޢުގެ އިންފޮމޭޝަން ސެޝަން އޮންނާނީ 2026ޖޫން 01 ވާ ހޯމަދުވަހުގެ 11:30ގައި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ (ވެލާނާގެ 5 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅާނީ 2026 ޖޫން 14 ވާ އާދިއްތަދުވަހު10:30ގެކުރިން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ (ވެލާނާގެ 5 ވަނަ ފަންގިފިލާ) ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ2026 ޖޫން 14 ވާ އާދިއްތަދުވަހު10:35 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2026 ޖޫން 03 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
ކޮޕީ: [email protected]
އަންދާސީ ހިސާބު ހުށަހަޅަންވާނީބަންދުކޮށްފައިވާ ސިޓީ އުރައެއްގައިތިރީގައިވާގޮތަށް އެޑްރެސް ކޮށްފައެވެ.
“Do Not Open Before Sunday, 14 June 2026, 10:35 hrs”
“Proposal forDevelopment oftheVisit Maldives Year 2027 Branding Campaign(3rdAnnoucement)”
“Iulaan No. (IUL)88-DPM/88/2026/112 , Dated 21 May 2026”
and thesubmittingparty’s name and address
ޕްރޮކިއުމަންޓްޑިވިޒަން،
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
ވެލާނާގެ، 5ވަނަ ފަންގިފިލާ، އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected]
ވެބްސައިޓް: www.tourism.gov.mv
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.