ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ.
މި ވުޒާރާއަށް އައި.ސީ.ޓީ އާއި ގުޅުންހުރި އައިޓަމްތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް މީގެ ކުރިން ކުރި މި ވުޒާރާގެ ނަންބަރު (IUL)28-FA-1/1/2026/127 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައިވާ އަގުތައް އެކަށީގެންވާ ވަރަށް ވުރެ ބޮޑު ކަމަށް ފެންނާތީ އެ އަންދާސީހިސާބުތައް ބާޠިލް ކުރުމަށްފަހު އަލުން އިޢުލާންކުރީމެވެ.
- ލެޕްޓޮޕް.
- ޓެބްލެޓް.
- ސްކޭނަރ.
- ސްޓޯރޭޖް ޑިވައިސް.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މި މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މި ވުޒާރާ ގެ ފަރާތުން ގެންނަނަމަ އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މި އިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މި ކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުންއެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ.
މި ކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 04 ޖޫން 2026 ވަނަ ދުވަހުގެ 11:30 އަށް މި ވުޒާރާ އަށް ހާޟިރުވެއެވެ.
- އީމެއިލް އެޑްރެސް: [email protected]
- ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
- މެސެޖުކުރެއްވުމަށް: 9772601