ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)418/418/2026/10
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2026
ޕަބްލިޝްކުރި ގަޑި: 12:50
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޟްޙާ ޢީދު ދުވަހު ޢީދު ނަމާދަށްފަހު ރައްޔިތުންނަށް ބޭއްވޭ ސައިފޮދުގެ ކަންކަން ހަމަޖެއްސުން

ޢީދު ސައިފޮދެއް ޢީދު ނަމާދު އޮންނަ ސަރަޙައްދު ކައިރީގައި ބޭއްވުން:

އަޟްޙާ ޢީދު ދުވަހު ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ޢީދު ނަމާދަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުންނަށް ޚާއްސަކޮށްގެން ޢީދު ނަމާދަށްފަހު ޢީދު ނަމާދު ކުރާ ސަރަޙައްދުގައި ހެނދުނުގެ ސައިގެ އިންތިޒާމް، ރައްޔިތުންގެ ބައިވެރިވުމާއިއެކު މި ކައުންސިލުން އިސްނަގައިގެން ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މި ސައިފޮދަށް ހެދިކާއާއި އެކި ބާވަތްތަކުގެ ބުއިންތައް ގެންދަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޢީދު ދުވަހުގެ ހެނދުނު 45:06 ގެ ކުރިން ޙަރަކާތް އޮންނަ ސަރަޙައްދަށް ތަކެތި ގެންގޮސް މިކަން އިންތިޒާމްކުރާ ފަރާތާއި ތަކެތި ޙަވާލުކޮށްދެއްވުން އެދެމެވެ. މި ކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލްގެ މެމްބަރ ޢާއިޝަތު ޝަހުދާ (މޯބައިލް: 9552150) އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ސަފޫރާ ޙަސަން (މޯބައިލް: 9866218) އަށް ގުޅުއްވުން އެދެމެވެ. މި ފުރުޞަތުގައި މި އިދާރާއިން އިންތިޒާމް ކުރާ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މޫސުން ތަންދޭގޮތެއް ބެލުމަށްފަހު އަޟްޙާ ޢީދު ނަމާދު ކުރުން އޮންނާނެ ސަރަޙައްދު  ހަމަޖައްސައި އެ މަޢުލޫމާތު ރައްޔިތުންނާއި ޙިއްސާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

02 ޛުލްޙިއްޖާ 1447      

19 މޭ 2026      
19 މޭ 2026