މަސައްކަތް
ނަންބަރު: GS-175/IL/2026/01
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2026
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި: 03 ޖޫން 2026 13:30
މާއެނބޫދޫ ސްކޫލް
ދިވެހިރާއްޖެ
މިއަހަރު (2026) ޖުލައި މަހުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިއަހަރު (2026) ޖުލައި މަހުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 މެއި 19 ން 2026 މެއި 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:30 އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް، މައުލޫމާތު ސާފުކުރާ ފަރާތުގެ ނަމާއި ކުންފުނި / ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ އަދި ގުޅޭނެ ފޯނުނަންބަރު މިސްކޫލުގެ އީމެއިލް އެޑްރެހަށް ފޮނުވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މައުލޫމާތު ދިނުން އޮންނާނީ 2026 މެއި 21 ވަނަ ދުވަހުގެ 13:45ގައި މާއެނބޫދޫ ސްކޫލް އޮފީހުގައެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ޖޫން 03 ވަނަ ދުވަހުގެ 13:30 ގައި މާއެނބޫދޫ ސްކޫލްގައެވެ.

މިމަސައްކަތާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މާއެނބޫދޫ ސްކޫލް

ނައިބުތުއްތުމަގު

ދ. މާއެނބޫދޫ، ދިވެހިރާއްޖެ.

ފޯން:    6760608 / 7663625

އީ-މެއިލް: [email protected]

19 މޭ 2026