ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)407-CA407/407/2026/5
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2026
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 24 މޭ 2026 13:30
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަސްރޭސް 1447

              މިކައުންސިލުން 1447 ވަނަ އަހަރުގެ އަޟްހާ އީދު ދުވަސް ފާހަގަ ކުރުމަށްޓަކައި ، ރަށުގައި ދިރިއުޅޭ ރައްޔިތުންނަން ހުޅުވައިލައިގެން މަސް ބޭނުމުގެ މުބާރާތެއް     ( މަސްރޭސް ) ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

              މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 27 މެއި 2026 ވާ ބުދަދުވަހުގައެވެ. މަސްރޭހުގައި ބައިވެރިވުމަށް އެދޭފަރާތްތަކަށް ދޫކުރާ ފޯމް 18 މެއި 2026 ވަނަ ދުވަހުން ފެށިގެން  މިއިދާރާގެ ކައުންޓަރުންލިބެން ހުންނާނެއެވެ. އަދި  މުބާރާތުގެ ޤަވައިދާއި ބައިވެރިވުމަށް އެދޭފޯމް މިއިއުލާނާއެކީ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

             ވީމާ، މަސްރޭހުގައި ބައިވެރިވާން އެދޭފަރާތްތަކުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު 24 މެއި 2026 ވާ އާދީއްތަދުވަހު 13.30 ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުން އެދެމެވެ. ސުންގަޑި ހަމަވުމަށްފަހުން ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 މޭ 2026