ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-EDS/304/2026/45
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2026
ޕަބްލިޝްކުރި ގަޑި: 15:51
ސުންގަޑި: 20 މޭ 2026 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 އަޟްޙާ ޢީދު މަސްރޭހުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

 އަޟްޙާ ޢީދު ފާހަގަކުރުމަށް ހިންގަން ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު 07 މެއި 2026 ށް ވަނީ ހަމަވެފައެވެ. ނަމަވެސް ގިނަ ފަރާތްތަކަކުން މަސްރޭހުގައި ބައިވެރިވުމަށް އެދެމުންދާތީ، ވީހާވެސް ގިނަ ބަޔަކަށް ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިއިދާރާގެ ނަންބަރު: (IUL)304-EDS/304/2026/34 (28 އޭޕްރިލް 2026) ގެ އިޢުލާނުން ޢާއްމުކޮށްފައިވާ މަސްރޭހުގައި ބައިވެރިވުމުގެ މުއްދަތު 20 މެއި 2026 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށްވަނީ އިތުރުކުރެވިފައެވެ.

ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން 20 މެއި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށްއެދޭ ފޯމް މިއިދާރާއަށް ހުށަހެޅުއްވުމަށް އެދެމެވެ. ޢާއްމުކޮށްފައިވާ ޤަވާޢިދުގައި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ 30 މެއި 2026 އެވެ. ނަމަވެސް މިހާރު މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ 29 މެއި 2026 ވާ ހުކުރު ދުވަހުއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.  

18 މޭ 2026