ދިވެހިރާއްޖެ
ރ.ދުވާފަރުގައި ދިރިއުޅެމުންދާ ބިދޭސީންގެ މަޢުލޫމާތު ނާރެސް ޕޯޓަލް އަށް އަޕްލޯޑްކުރުމާއި ބަޔޯމެޓްރިކްސް ނެގުމަށް 18 މެއި 2026 ން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު މެންދުރު 14:00 ން 15:00 ށް މިއިދާރާގައު ކުރިޔަށްދާނެވާހަކަ ދަންނަވަމެވެ. މިގޮތުން ނެގޭ މަޢުލޫމާތުގެ ތެރޭގައި ބިދޭސީ މީހާގެ ޕާސްޕޯޓް، ވާރކް ވިސާ އަދި ވާރކް ޕާމިޓްގެ މަޢުލޫމާތާއި ބިދޭސީމިހާގެ ޕާސްޕޯޓް ސައިޒް ފޮޓޯއެއް ހިމެނޭނެކަމުގައި ދަންނަވަމެވެ.
ވީމާ، ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވޯރކްޕާރމިޓް، ޕާސްޕޯރޓް ނުވަތަ އެނޫންވެސް ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ލިޔެކިޔުމާއެކު ބިދޭސީ މީހާ މިއިދާރާއަށް ފޮނުއްވައިދެއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ ޢިއުލާން ކުރީމެވެ.
01 ޛުލްޙިއްޖާ 1447
18 މެއި 2026