ޢާންމު މަޢުލޫމާތު
ނަންބަރު: ((IUL)120-A/1/2026/12
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2026
ޕަބްލިޝްކުރި ގަޑި: 15:26
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ފެބުރުވަރީ/މާރިޗުގައި ބޭއްވުނު ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ނަތީޖާ (ސްޓޭޓްމަންޓް އޮފް ރިޒަލްޓްސް ދޫކުރުމާއި ބެހޭ:)
2026 ވަނަ އަހަރުގެ ފެބުރުވަރީ/މާރިޗުގައި ބޭއްވި އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގައި ޑީ.ޕީ.އީގެ ފަރާތުން ޕްރައިވެޓްކޮށް ބައިވެރިވި ދަރިވަރުންގެ ނަތީޖާ 2026 މެއި 19 ވާ އަންގާރަ ދުވަހުގެ 12:00އިން ފެށިގެން މި ޑިޕާޓްމަންޓްގެ ކައުންޓަރުން ދޫކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.
ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ. ނަތީޖާ ބަލާ ދުރުވާއިރު ކެންޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ ކާޑު ނުވަތަ އައި.ޑީ ކާޑުގެ ފޮޓޯއެއް އަދި ހަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.
18 މޭ 2026